އައްޑޫ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނީ މިސަރުކާރުން ކަމަށް ފޭދޭ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނިހާދު ވިދާޅުވީ މިސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ކުރިން އިމާރާތް ކުރަން ނިންމި ހައުސިން ޔުނިޓްތަކެއް ވިއްކާލި ބަޔަކަށް އައްޑޫ ސިޓީއަށް ހޯދައިދެވޭނެ އިތުރު ހިޔާވަހިކަމެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދޭނީ މިސަރުކާރުން ކަމަށެވެ. އަދި އެވިސްނުމާއި ތަސައްވަރަކީ ފްލެޓް ދޮންބެގެ ސަރުކާރުގައި ހުންނަ އެއްޗެއް ކަމަށާއި އެކަން ކޮށްދޭނީ މިސަރުކާރުން ކަމަށް ނިހާދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އަޅަން ސޮއިކުރި 750 ހައުސިން ޔުނިޓް ވިއްކާލި ބަޔަކަށް ހޯދައިދެވޭނެ އިތުރު ބޯހިޔާވަހިކަމެއް ނޯންނާނެ! އަދިވެސް ހައުސިން ޔުނިޓް އަޅައި ދޭނީ ފްލެޓް ދޮންބެގެ ޕާޓީ ސަރުކާރުން! އެމްޑީޕީ ސަރުކާރުން! މި ސަރުކާރުން! އައްޑޫގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުން ކުރިއަށް.
– ނިހާދު ވިދާޅުވިއެވެ.
#AdduCity gai alhan soi kohfai oih 750 Housing Unit vihkaali bayakah hoadhai dheveyne ithuru boahiyaavahi kameh no-onnaane! Adhives Housing Unit alhai dheynee Flat Dhonbe ge party Sarukaarun! MDP sarukaarun! Mi Sarukaarun! Addu ge Boahiyaavahi kamah Hallu Hoadhai dhinun Kuriyah! pic.twitter.com/P7mdsNFUsC
— Feydhoo Meehaa (Mohamed Nihad) (@nihad_m) March 20, 2021
އައްޑޫ ސިޓީގެ އުމްރާނީ ތަރައްޤީއަށް ހިންގާ 1.2 ބިލިއަން ރުފިޔާގެ މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް މިސަރުކާރުން ވަނީ ދާދިފަހުން ސޮއިކޮށްފައެވެ.
މުޅި ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާއިރު ކައުންސިލް އިންތިޚާބުގައިވެސް ސަރުކާރަށް އޮތް އެންމެބޮޑު ޕްރެޝަރަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މިސަރުކާރަށް އޮތް އެންމެބޮޑު ގޮންޖެހުމެވެ. ނަމަވެސް ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިވެރިކަން ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އަޅައިދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ