އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 25 މީހުންގެ ތެރެއިން 23 މީހަކު ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްކައިފިއެވެ.
ފުލުހުން ބުނެފައިވަނީ އިއްޔެ ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ދޫކޮށްލާފައި ވަނީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ ފުލުހުންނަށް ހަމަލާ ދިން ދެ މީހަކު ކަމަށެވެ.
ކޮންމެ ހުކުރު ދުވަހު އޮންނަ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރެއެވެ. ނަމަވެސް ހައްޔަރުގައި ބޭތިއްބުމަށް ފަހު ޖޫރިމަނާކޮށް ދޫކޮށްލައެވެ. އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގައި ހއްޔަރު ކުރި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ހާލަތާއި ނުބައްދަލު ބަރުގެ ބޭނުންކޮށްގެން ވަރަށް އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޮލިޝަނުން އިއްޔެ މުޒާހަރާ ކޮށްފައިވަނީ ރާއްޖެ ވިއްކާލުމާއި ދެކޮޅަށް، އުތުރު ތިލަފަޅު މައްސަލާގައެވެ. އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މި މިމައްސަލާގައި ސަރުކާރަށް އޮތްގޮތަކީ އެއްބަސްވުން ރައްޔިތުންނަށް ހާމަކުރުން ނުވަތަ މަޖިލީހަށް އެއްބަސްވުން ހާމަކޮށް ދިނުންކަމަށެވެ.
ކޮމެންޓު ފޮނުވާ