އުނގޫފާރުން މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް

އުނގޫފާރުން މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 07:47
0

ރ. އުނގޫފާރާށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެރަށް ލައިފިއެވެ.

އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުން މާލޭއަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަންހެނުންނެވެ. މިއާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

ކޯވިޑްގެ ކޭސްތައް އަދިވެސް އިތުރުވަމުން އަންނައިރު މިހާރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 22،000އިން މައްޗަށް އަރާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް އަންނަނީ ފެންނަމުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރަށްރަށުންވެސް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.