ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެމްޑީޕީން ވައުދުވެފައިވާ ކަންކަން ކޮށްނުދެވޭ އަދި އެމްޑީޕީގެ ވިސްނުމާއި ދުރު ބޭފުޅެއްގެ މުށު ތެރޭގައި ތާއަބަދު ބޭއްވުމަށް ޖާގަ ނުދެއްވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދަ ގޮތަކަށް ވިދާޅުވީ އައްޑޫގެ އިތުރުން ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް ކަމަށް ވިދާޅުވެ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ދެއްކެވި ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ޑރ.މައުސޫމަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައެވެ.
ރާއީ ވިދާޅުވީ ހދ.ގެ ފަތުރުވެރިކަމާއި ގުޅިފައިވާ ނާގޯށި ނުހެދި 14 އަހަރު ވެފައިވާއިރު އެކަމަށް އެތަނަށް އަޅާނުލައި އެތަނަށް އެއްވެސް ބަދަލެއް ގެނައުމަށްމިސަރުކާރުން ޚާއްސަކޮށް ޓުވަރިޒަމް މިނިސްޓްރީން އެއްވެސް މަސައްކަތެއް ނުކުރާތީ އެކަމުގެ ކަންބޮޑުވުން މީގެ ދުވަސްކޮޅެއް ކުރިންވެސް ފގާޅު ކުރައްވާފައި ވަނިކޮށެވެ. ރާއީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ވަޒީރެއްގެ މުށުތެރެއަށް ތާއަބަދު ދޫކޮށްލައިގެން ދާއިރާއަށް އަންނަންޖެހޭ ތަރައްޤީ ނުލިބޭކަށް ދޫކޮށް ނުލެވޭނެކަމަށެވެ.
ހދ، ގެ ޓޫރިޒަމްގެ ކުރިމަގު ލަގަން ދޯހަޅި އަމިއްލަ ސިޔާސަތެއް ނުވަތަ އެމްޑީޕީގެ އަދި ސަރުކާރާއި ވެސް ގުޅުމެއްނެތް ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްގެ މުށު ތެރޭ ހައްޔަރުވެފައި އޮންނަތަން ދެކެން ހދ ގެ މެމްބަރުން ތިއްބަވާނެ ކަމަށް އަޅުގަނޑު ނުދެކެން.
– ރާއީ ވިދާޅުވިއެވެ.
ސަނީފް، ޑރ.މައުސޫމަށް: ހުވަދޫއަކީ ކަންބަޅިއެއްނޫން، ޤުރުބާން ކުރާކަށް
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016 ގައި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރި އެވެ. އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު 2019 ވަނަ އަހަރު ތްރީކޭގެ އިސް ވެރިންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އަދި އެއަށްފަހު ނާގޯށި ތަރައްގީ ކުރާނެ ގޮތާއި ފައިނޭންސް ހޯދާނެ ގޮތުގެ ތަފްސީލުތައް ވެސް އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކުރި އެވެ.
ނާގޯށީގެ މައްސަލަ އޮތީ، ވަރަށްބޮޑު މައްސަލަގަޑެއްގެ ތެރޭގައެވެ. އެއްކޮޅުން އެ ރަށުގައި ކުރިން މަސައްކަތް ކުރި ރަޝިޔާގެ ކުންފުނި އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. މިކަން އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެހެން ކުންފުންޏަކަށް އެ ރަށް ދީފި ނަމަ ތްރީކޭ އިން ރަށުގެ މައްސަލައިގެ ތެރެއަށް ގާނޫނުގެ ތެރެއިން ވަދެގަންނާނެ އެވެ. އެހެން ވެއްޖެ ނަމަ، ސަރުކާރަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ