ވެކްސިން ޖެހިފަހުން ކަރަންޓީންގައި ހުރި މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ވެކްސިން ޖެހިފަހުން ކަރަންޓީންގައި ހުރި މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 04:56
0

ކޯވިޑް-19 ވެކްސިން ޖެހިފަހުން ރަށަށް ގޮސް ކަރަންޓީންގައި ހުރި މީހަކު ހުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މާލެއިން ކޯވިޑް ވެކްސިން ޖެހުމަށްފަހު ގދ.ރަތަފަންދޫއަށް ގޮސް ގޭގައި ކަރަންޓީގައި ހުރި މީހެކެވެ. މިއީ އުމުރުން ދުވަސްވީ މީހެއްކަމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމީހާ ނިޔާވެފައިވަނީ ކުއްލިއަކަށް ހުން ގަދަވެ، ހާލުމާބޮޑަށް ގޯސްވެ ފަރުވާދެމުން ދަނިކޮށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު މެދުރު އެކެއް ޖަހާކަން ހާއިރުއެވެ. މިމީހާ ރަށަށް ދިޔައީ އިއްޔެކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެއިން ކޯވިޑް ވެކްސިން ޖެހިފަހުން މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ވިދާޅުވެފައިވަނީ އެ މީހުންގެ މަރުތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.