ޤައުމީ ސަލާމަތަށް އޮތް އެންމެބޮޑު ނުރައްކަލަކީ ޤައުމާއި ހަވާލުވެ ތިބި ވެރިން: ހިސްޓޯ

ޤައުމީ ސަލާމަތަށް އޮތް އެންމެބޮޑު ނުރައްކަލަކީ ޤައުމާއި ހަވާލުވެ ތިބި ވެރިން: ހިސްޓޯ

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 05:09
0

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއަދު ޤައުމާއި ހަވާލުވެ ތިއްބެވި ވެރިން ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅިގެން މިނިސްޓަރ މާރިޔާ ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ޝިފާޤު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެވޭނީ ޤައުމުގެ އެއްބައިވަންތަކަމާއި ޤާއުމުގެ މިނިވަންކަމަށް ލޯބިކުރާ ބަޔަކަށް ކަމުގައެެވެ. ރާއްޖޭގެ ޤާނޫނު އަސާސީއާއި ހެދިފައިވާ ގަވާއިދުތަކަށް ބޯނުލަބާ އަދި ޤާނޫނު އަސާސީއަށް ފައިން އަރާފައިވާ ބޭފުޅުން ޤާއުމުގެ ސަލާމަތީ ބާރުތަކުގެ ވެރިންނަށް ކަނޑައެޅުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޝިފާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ރާއްޖޭގެ ވަތަނަށް ލޯބިވާ ބައެއްކަމަށެވެ. ނަމަވެސް މިއަދު ސިފައިންގޭގައި ތިއްބެވި ވެރިންގެ ތެރެއިން މިނިސްޓަރ މާރިޔާއާއި، ޖެނެރަލް ޝަމާލްއަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ސަލާމަތީކަންކަންވެސް ބައްޓަން ކުރަން މަސައްކަތްކުރާ ދެބޭފުޅުންކަމަށެވެ. މިދެބޭފުޅުންނަކީ ޤައުމަށް އިހުލާސްތެރި ދެބޭފުުން ނޫންކަމަށް ޝިފާގު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ދެކެވޭ އެކި ވާހަކަތަކާއި، ސިފައިންގެ އިސް އޮފިސަރުންނަށް އަމާޒުކޮށް ކުރެވޭ އެކި ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ދިވެހި އަސްކަރިއްޔާގެ އިސްވެރިންގެ އަގުވައްޓާލައި، ހަގީގަތާއި ޚިލާފް ދޮގުވާހަކަތައް ފެތުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

އިތުރު ތިލަފާޅާއި ގުޅިގެން އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދަމުންދާތީ އެކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ދަނީ އެމްއެންޑީއެފްގެ އިސް ބޭފުޅުންނަށް އަމާޒުކޮށް، އެކި ތުހުތުމަތުތައް ކުރަމުންނެވެ. ނަމަވެސް ސިފައިން ބުނެފައިވަނީ މިއެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ވަރަކަށް ނުރައްކަލެއް ނެތް އެއްބަސްވުމެއްކަަމަށެވެ.

އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަށް ސިފައިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ސިފައިންގެ ޖެނެރަލުން \ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.