ޖާވިދު އަލީ އާއި އެލީގެ ލަވަ ރިލީޒްކޮށްފި

ޖާވިދު އަލީ އާއި އެލީގެ ލަވަ ރިލީޒްކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 03:43
0

އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖާވިދު އަލީއާ އެކު މިނިސްޓަރ މަހުލޫފްގެ ދަރިކަލުން އެލީ ކުޅުނު ލަވަ އާންމުކޮށްފިއެވެ.

"ޖާނޭކީ ވަޖާ" ނަމަކަށް ކިއާ މި ލަވަ އާންމު ކުރީ ޒީ މިއުޒިކް ކޮމްޕެނީންނެވެ. މި ލަވަ ޒީ މިއުޒިކް ކޮމްޕެނީގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި އާންމު ކުރުމާ އެކު މިހާތަނަށް 25،000 އަށް ވުރެ ގިނަ ފަހަރު މި ވީޑިއޯ ވަނީ ބަލައިފައެވެ. މި ލަަވައަކީ އެލީގެ ފުރަތަމަ އޮރިޖިނަލް ހިންދީ ލަވައެކެވެ.

މި ލަވަ އާންމު ކުރުމާ ގުޅިގެން މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ލަވައިގެ މަސައްކަތް ނިންމުމަށްޓަކައި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ޒީ މިއުޒިކް ކޮމްޕެނީ އާއި ޖާވިދު އަލީގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެލީގެ މިލަވައާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ވަރަށްބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް މިނިސްޓަރ މަހުލޫފްއާއި އަދި ގިނަ ބަޔަކު ދަނީ އެލީއަށް ހިތްވަރު ދެއްވައި ކުރިއަށް ދެވެން އޮތް ރޮގުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޑުސަރަކަ
ހުުރި ހިތާމައެއްގެ ބޮޑުކަމާއެވެ.