ސަނީފް، ޑރ.މައުސޫމަށް: ހުވަދޫއަކީ ކަންބަޅިއެއްނޫން، ޤުރުބާން ކުރާކަށް

ސަނީފް، ޑރ.މައުސޫމަށް: ހުވަދޫއަކީ ކަންބަޅިއެއްނޫން، ޤުރުބާން ކުރާކަށް

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 11:55
0

އައްޑޫގެ އިތުރުން ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް ކަމަށް ވިދާޅުވެ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ދެއްކެވި ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ހޫނު ރައްދެއް ދެއްވައިފިއެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ކާމިޔާބު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން ފޭދޫ ހިއްކި ބިމުން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ ދެކުނުގެ ޓޫރިޒަމަށް ދިރުން ގެނެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ގަން އިންޓަނެޝަނަލް އެއާޕޯޓް މިހާރަށް ވުރެ ރަނގަޅަށް ހިންގުން ކަމަށާއި އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކާއެކު ރާއްޖޭގެ އެހެން ޑޮމެސްޓިކް އެއާޕޯޓްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހުރުމަކީ ޓޫރިޒަމް ދާއިރާގެ ކުރިމަގަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި އައްޑޫ ސިޓީގައި އެދުތައް އިތުރު ވުމަކީ ހުވަދޫއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.

މިނިސްޓަރ މައުސޫމްގެ މިވާހަތަކާއި ގުޅިގެން ސަނީފް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ހުވަދޫ ރައްޔިތުން އޭގައި ހިމަނައިގެން ވާހަކަ ދައްކަން ނުޖެހޭކަމަށެވެ. މިގޮތަށް ކުރެވޭ ކޮންމެ ކަމެއްގައި ހުވަދު އަތޮޅުގެ ރައްޔިތުންގެ ނަން ބޭނުންކޮށް، ގުރުބާން ކަންބަޅިތަކަކަށް ހުވަދޫ ރައްޔިތުން ނެހެދުމަށް ސަނީފް ވަނީ މިނިސްޓަރ މައުސޫމަށް ގޮވާލާފައެވެ.

މިނިސްޓަރ ކޮންމެވެސް އެހެން ކަމަކާއި އުޅޭ، ހުވަދޫ އާއި ގުޅުވައިގެން ތި ގޮތަށް ވާހަކަ ނުދެއްކެވުން އެދެން. ހުވަދޫއަކީ ކަންބަޅިއެއްނޫން ޤުރުބާން ކުރަން ހުވަދޫ ރައްޔިތުންތިބީ ތޮގިތަކަށްނޫން.

– ސަނީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަަށާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތެއް ސަރުކާރުން ކުރަމުންދާއިރު، ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ފަތުރުވެރިކަމަށް ތައްޔާރު ކޮށްލެވޭނެ ގިނަ ރައްތަކެއް ހުރި އަތޮޅަކަށްވާއިރުވެސް ސަރުކާރުން ހުވަދު އަތޮޅުގައި ފަތުރުވެެރިކަން ކުރިއެރުވުމަށް މާބޮޑު މަަސައްކަތްތަކެއް ނުކުރެއެވެ.

ޚާއްސަކޮށް ހުވަދު އަތޮޅަކީ މިހާރުވެސް އޮޕަރޭޓްކުރާ 3 އެއާޕޯޓް އޮތް އަތޮޅަކަށްވާއިރު، ހުވަދޫ އެއާޕޯޓްތައް ތަރައްޤީ ކުރުމަށާއި ހުވަދު އަތޮޅުގެ ތަރައްޤީއަށް އެންމެ އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ އެއަތޮޅުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުމާއިއެކު ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަޢްޑޫތަކުރު
މައުސޫމް ޢެދެއްކެވީ ޜަނގަޅު ޥާހަކައެއް.ސަނީފު ޢަމިއްލަޔަށް ޙުވަދޫ މީހުންނަށް ކަންބަޅި ލަގަބު ދިނީ.ސަނީފު ތީ މަޝްހޫރުވާން އުޅޭ މީހެއް.ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުން ދުވާ މީހެއް.ގޭސް ސިލިންޑަރު މައްސަލާގަވެސް ޢޭނަ ބައިވެރިވި ކަމުގެ އަޑު އެބަ ފެތުރޭ.އެކަން ޢޮއްބާލަން ޢެޥާހަކަ ދައްކަނީ.މަޖިލިސް މެމްބަރުކަން ލިބުނީމަ ފެންވަރު އޮޅުނުމީހެއްތީ.ތީ ކައުންސިލަށް ހޮވުނީމަ ކާޑެއްދުއާ ތިނަދޫ ޢާ ދޭތެރޭ ލޯންޗް ދުއްވަން އުޅުނު މީހެއް ކައުންސިލް މުސާރަ ނަގައިގެން.
H Huvadhu
Huvadhoo meehun nah nufudheyne raajje ehkon dhinas mulhi sarukaaraa mamenge male emeehun athutherey
A A. A
Huvadhoo akee raahjey bayeh noontha?
H Hhh
Ehenveemaa sanee akee kanbalhueh thaa
ޝ ޝާހިދު މުހައްމަދު
އިއްޒަތްތެރި މެމްބަރު ސަނީފް ތި ބުނުއްވީ ހަމަ ރަގަޅު ވާހަކަ އެއް..މީގެ ދެރަވާ ތަންކޮޅަކީ މަޑަވެލި ދާއިރާގެ މެމްބަރު އެއްވެސް އެއްޗެކޭ ނުބުނެ ހަނުހުންނާތީވެ. އައްޑޫ ގަ ކިތަންމެ ބައިވަރު ބެޑް ތައް ގާއިމު ކުރިއަސް އޭ ހުވަދު އަތޮޅަށް ލިބޭނެ ކުރިއެރުމެއްކަމަށް މައުސޫމް މެން ދެކުނަސް މި ހުވަދު އަތޮޅު ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ... ކޮންމެހެން ހުވަދޫ އަތޮޅޭ ކިއާާގެން ވާހަކަ ދައްކާނެ ކަމެއްނެއް... ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ