އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ކުރިއެރުވުމަށް މިހާރު ކުރެވޭ މަސައްކަތުން ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މިފަދަ ގޮތަށް ވިދާޅުވީ އައްޑޫ ސިޓީއަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި އައްޑޫ ސިޓީގެ ޓުވަރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި، މިނިސްޓްރީ ތެރެއިން ކުރައްވާ މަސައްކަތް ހާމަކޮށް ދެއްވުމުންނެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ކަނޑައެޅި ބިންތަކުގެ ތެރެއިން 31 ބިމެއް ހަވާލުކޮށްފިއެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 5 ސަރަހަދެއް ކަނޑައަޅާ 93 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީގެ ޓުވަރިމް ކުރިއެރުވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ އެދުތައް އުތުރު ކުރުންކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އެމަސައްކަތް ކުރުމަށް ބިންކަޑައެޅި މަސައްޖަތް އަވަސް ގޮތަކަށް ފެށިގެންދާނީކަމީ ކުރެވޭ ވަރަށްބޮޑު އުންމީދެއްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ އިޤްތިޞާދަށް އޮތް އެންމެ އަވަސް ހައްލަކީ އައްޑުގައި ޓޫރިސްޓް އެދު އިތުރުކުރުން. ސަރުކާރުން އެމަގަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރުވެރިވަން. ހާއްސަކޮށް މިނިސްޓަރ މައުމޫން އައްޑޫއަށް ބަހައްޓަވާ ޚާއްސަ ކަމާއި ގާތްކަމުން އުންމީދު އާވެ، ހިތްވަރުލިބޭ. ކުރިމަގު ފެންނަނީ އުޖާލާކޮށް.
– އަލީ ނިޒާރު ވިދާޅުވިއެވެ.
މި ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އައްޑޫ ސިޓީގައި ޓައްރަިޒަމް މަސައްކަތް ވީހާވެސް އަވަހަށް ފެށުމަކީ ސަރުކާގެ ބޮޑު އަމާޒެއްކަމަށެވެ. މި މަސައްކަތް ދެމެހެއްޓެނެވި ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަލަށް ހަވާލުކުރިން ބިންތަކުގައި ހޮޓާތައް އެޅުމަށް އިންވެސްޓަރުން ހޯދުމުގައިވެސް ސަރުކާރުން އެހީތަރެިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރާ 93 ބިމުގެ ތެރެއިން ފުރަތަމަ ބިޑަށް ހުޅުވާލީ މީގެތެރެއިން 31 ބިމެކެވެ. އެއީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމަކާއި، މަރަދޫ ޓުއަރިޒަމް ޒޯނުން ބިމަކާއި ފޭދޫ ޓުއަރިޒަމް ޒޯނުން 12 ބިމަކާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 9 ބިމާއި މީދޫ ޓުއަރިޒަމް ޒޯނުން 2 ބިމެވެ. މި ބިންތައް ކާމިޔާބު ކުރި ފަރާތްތަކާއިއެކު އެއްބަސްވުން ތަކުގައި ސޮއިކުރީ މިމަހުގެ 14 ވަނަދުވަހުއެވެ.
ކޮމެންޓު ފޮނުވާ