ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 09:46
0

އިދިކޮޅު ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމައިނާ ކޮށްފިއެވެ.

ޕީޕީއެމް ޖޫރިމައިނާ ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ބަލަދު ވެރި ފަރާތް އިލެކްޝަން ކޮމިޝަނުންނެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނ ޕީޕީއެމް ޖަވާބު ދާރީވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުން އިލެކްޝަން ކޮމިޝަނުން ގަބޫލުނުކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވެފައިވާނީ 75،000 ރުފިޔާއިން ޖޫރިމައިނާ ކޮށްފައިވާކަމަށެވެ.

ޕީޕީއެމް ޖޫރިމަނާކޮށްފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑްގެ މިހާލަތުގައި މުޒާހަރާ ކުރަމުންދާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަނުން ދިނުމަށްފަހުއެވެ. އަދި މިރޭ އިލެކްޝަނުން ޕީޕީއެމްއާއިމެދު ފިޔަވަޅު އަޅާފައިވާއިރު މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

މިއީ މިމަހުގެ ތެރެގައި އިދިކޮޅު ޕީޕީއެމް ޖޫރިމަނާ ކުރި 2 ވަނަ ފަހަރެވެ. ޕީޕީއެމްއިން ހިންގާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން އިލެކްޝަނުން ދަނީ އެޕާޓީއާއިމެދު ފިޔަވަޅު އަޅަމުންނެވެ. އަދި އެޗްޕީއޭއިންވެސް ފާދިފަހުން ޕީޕީއެމްއިން ބޭއްވި އިވެންޓަކާއި ގުޅިގެންވެސް އެ އިވެންޓް ބޭއްވި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝިޖާވެސް ޖޫރިމަނާކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އިދިކޮޅުން ބާއްވާ މުޒާހަރާތަކުން ހައްޔަރު ކުރާ އެޕާޓީގެ ގިނަ ބޭފުޅުންވެސް ދަނީ ޖޫރިމަނާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުޙައްމަދު ޔޫސުފް
އެބަަޔަކު ފޭހުލި އިލޮށިގަނޑު ހަމަ ހެރޭނީ އެބައެއްގެ ލޮލަށޭ ބުނުނަނީ އެހެންވެގެން