އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ކުރުުމުން ދޭހަވަނީ ނަފްސުގެ އަގެއް ނެތްކަން: މަލީހު

އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ކުރުުމުން ދޭހަވަނީ ނަފްސުގެ އަގެއް ނެތްކަން: މަލީހު

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 09:58
0

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޑަކަށް އެމްޑީޕީ ބޭފުޅަކު ތާއީދު ނުކުރައްވާއިރު، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ އިސްބޭފުޅުން އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ކުރާކަން ހާމަކުރުން ސާފުވެގެންދަނީ ނަފްސުގެ އަގެއް ނެތުންކަމުގައި ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގެ އެކި ޕާޓީތަކަށް ނިބަތްވާ ބައެއް ނޭފުޅުން ކުރިއަށް އަތް ކައުންސިލް އިންތިޚާބުގައި ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށް ކެމްޕެއިން ކުރުމުގައި ހަރަކާތްތެރިވާތީއެވެ. އަދި ބައެއް އިސް ބޭފުޅުންގެ ތާއީދު އެމްޑީޕީ ކެންޑިޑޭޓުންނަށް އޮތްކަމަށް ވިދާޅުވެ އެކަން އިއުލާން ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެއްވެސް ބޭފުޅެއްގެ ތާއީދެއް މިހާތަނަށް ކޯލިޝަނުން ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ނުލިބޭއިރު، އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކޯލިޝަންގެ އެހެން ޕާޓީޓަކުގެ އިސް ބައެއް ބޭފުޅުން ތާއީދުކޮށް އެބޭފުޅުންގެ ކެމްޕެއިންގައި ބައިވެރިވާތީ މިއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެބޭފުޅުންގެ ނަފްސުގެ އަނެއްނެތްކަން ހާމަވާކަމެއްކަމަށް މަލީހު ވިދާޅުވިއެވެ.

އެމްޑީޕީ މީހުން ނުބުނޭ، ޖުމްހޫރީ ޕާޓީ، އަދާލަތް ޕާޓީ، އެމްއާރުއެމް، ކެނޑިޑޭޓަކަށް ތާއީދު ކުރާ ވާހަކަ. ޖުމްހޫރީ ޕާޓީ، އަދާލަތް ޕާޓީ، އެމްއާރުއެމްގެ ފިކުރަކީ އެމްޑީޕީ ފިކުރާއި ތެލާއި ފެނާހާއި ތަފާތު އެއްޗެއް. ޖުމްހޫރީ ޕާޓީ، އަދާލަތް ޕާޓީ، އެމްއާރުއެމް،ގެ ބޭފުޅުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރާ ވާހަކައިން ކިޔައިދެނީ ނަފުސުގެ އަގެއް ނެތްކަން. ޖަހާހާ ބެރަކަށް ނަށާކަން.

– މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނާއިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއިއެކުގައި ހުންނެވިކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ވަޒީރުން ދަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވައި ކެމްޕެއިންގައި ބައިވެރިިވަމުންނެވެ. ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރުއެމްއަށް ނިސްބަތްވާ ބަައެއް ވަޒީރުންވެސް ދަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވަމުންވެ.

ކައުންސިލް އިންތިޚާބަށްފަހު އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް: ނާއިބް ރައީސް

ސަރު ކޯލިޝަންގައި މިވަގުތު ގިނަ ޕާޓީޓަކުން އޮތްކަމުގައި ވީނަމަވެސް އޭގެ ތެރެއިން ގިނަ ޕާޓީތަކަކީ ވެރިކަން ކުރާ އެމްޑީޕީއާއި އެންމެ ވާދަވެރި އަދި ސިޔާސީ ގޮތުން މިހާތަނަށް އެންމެބޮޑަށް ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ އިސްބޭފުޅުން ހިމެނޭ ޕާޓީތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.