ކޯވިޑް-19: ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19: ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 08:07
0

ކޯވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ފަރުވާދެމުން ދިޔަ 79 އަހަރުގެ ދިވެހި އަންހެނެެކެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދުވަނީ 65 އަށް އަރާފައެވެ. ރާއްޖެއިން އެންމެ ފަހުން ކޯވިޑްގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ މަހުގައެވެ. މިދިޔަމަހު އެކަނިވެސް ކޯވިޑް ޖެހިގެން ރާއްޖެއިން 11 މީހަކުވަނީ ނިޔާވެފައެވެ. މިމަހުގެ މިހާތަނަށް 3 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން މިހާތަނަށް ނިޔާވި 65 މީހުންގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖޭގައި މިވަގުތުވެސް 2300 އަށްވުރެ ގިނަ މީހުން އަންނަނީ ކޯވިޑަށް ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލްގައި 118 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،961 އަށް އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.