ސިފައިންގެ ޖެނެރަލުން ރިޝްވަތު ނެގިކަމަށް ހުށަހެޅި މައްސަ އޭސީސީން ބޭރުކޮށްލައިފި

ސިފައިންގެ ޖެނެރަލުން ރިޝްވަތު ނެގިކަމަށް ހުށަހެޅި މައްސަ އޭސީސީން ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 06:31
0

ސިފައިންގެ ޖެނެރަލުން ރިޝްވަތު ނެގިކަމަށް ހުށަހެޅި މައްސަ އޭސީސީން ނުބަލަން ނިންމައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޖެނެރަލް އަބްދުﷲ ޝަމާލް އާއި އިތުރު ޖެނެރަލުންތަކެއް ރިޝްވަތު ނެގި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅީ މިއަދުއެވެ.

މިމައްސަލާގައި މިއަދު އޭސީސީން ވަނީ ރިޝްވަތުގެ ގޮތުގައި ބެލޭނެ ވަރުގެ މައުލޫމާތާއި ހެކިތަކެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި މިއީ އެއްވެސް އޮޓަރެއްހުރި މައްސަލައެއް ކަމަށް ނުބެލޭކަމަށެވެ. އޭސީސީއަށް މައްސަލައެއް ހުށަހެޅުމުން ތަހުގީގު ކުރެވޭނެތޯ ނުކުރެވޭތޯ ބަލައެވެ. އެގޮތުން މިމައްސަލާގައި ތަހުގީގް ކުރާނެ ވަރުގެ ކަމެއް ނެތުމުން މިމައްސަލަ ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.

އޭސީސީއަށް ހުށަހެޅި މިމައްސަލާގައި ބުނެފައިވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ސޮއި ކުރި "ޑިވެލޮޕްމެންޓް ސަޕޯޓް އެންޑް ދަ މެއިންޓެނެންސް އޮފްދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމުގެ ކުރިން، ދިވެހި ޤައުމީ ދިފާއީ ބާރުގެ ބައެއް އިސް ޖެނެރަލުންތަކެއް ރިޝްވަތުގެ ގޮތުގައި ބޭރު ޤައުމަކުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ވަނީ ތުހުމަތު ކުރެވޭ ކަމަށެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ޖެނެރަލުންތަކުގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް، ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު އަދި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު

އަދި އެ ސިޓީގައި ބަޔާންކޮށްފައިވާ ސިފައިންގެ ޖެނެރަލުންތަކުގެ ދިރިއުޅުމުގެ ފެންވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އާދަޔާ ހިލާފު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ސިޓީގައިވެއެވެ. އެހެން ކަމުން އެ ފަރާތްތަކުގެ އަނބިން، ދަރިން، އެއްބަނޑު އެއްބަފާ މީހުން، މައިންބަފައިން، ބޮޑުބޭބެ، ބޮޑުދައިތައިންގެ މިލްކިއްޔާތަށް ފާއިތުވި 12 މަސްތެރޭގައި އައިސްފައިހުރި ބަދަލުތައް ތަހުގީގުކޮށް ދިރާސާކުރުމަށް އެ ސިޓީގައި އެދިފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.