ސްކޫލުތަކުގެ އެއަރކޮންޑިޝަންތައް ތިމާވެއްޓަ ރައްޓެހި ތަކެއްޗަށް ބަދަލުކުރަނީ

ސްކޫލުތަކުގެ އެއަރކޮންޑިޝަންތައް ތިމާވެއްޓަ ރައްޓެހި ތަކެއްޗަށް ބަދަލުކުރަނީ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 05:35
0

ބައެއް ސްކޫލްތަކުގައި ހުރި "އެޗް.ސީ.އެފް.ސީ 22″ ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތައް އޯޒޯންފަށަލައަށް ގެއްލުންނުލިބޭ ފަދަ ގޭސް ބޭނުންކުރާ އެއަރކޮންޑިޝަންތަކަށް ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރޙުސައިން ރަޝީދު ޙަސަނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އާއިޝަތު އަލީއެވެ. މި އެއްބަސްވުމަކީ މިހާރު ހައިޑްރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ގޭސް ބޭނުންކުރާ އޭސީތައް ބަދަލުކުރުމަށްޓަކައި ނިއު ޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާ ދެމެދު ވެފައިވާ ފަހުނަމާއެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވީ ޖައްވު ހޫނުވުމަށް މެދުވެރިކުރާ މާއްދާއެއްކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު 90 ސްކޫލެއްގައި މި ގޭސް ބޭނުންކުރާ 486 އޭސީ އެބަހުރި ކަމަށެވެ. އަދި މިމަޝްރުޢުގެ ދަށުން ސަރުކާރުގެ ސްކޫލުތަކުގައި ހުރި އެޗް.ސީ.އެފް.ސީ 22 ގޭސް އެކުލެވޭ އޭސީތައް ތިމާވެއްޓާއި ރައްޓެހި އަދި އޯޒޯން ފަށަލައަށް ގެއްލުން ނުދޭ މާއްދާއެއް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.