އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެއެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ސ. ހިތަދޫ ސަންރީފް، ފާތުމަތު އަސްމާއަށެވެ.
އެކްސިޑެންޓްގައި އަންހެން މީހާއަށް ބޮޑެތި ޒަހަމުތަކެއް ލިބުނެވެ. ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު ހަށިގަނޑުގެ އެކި ގުނަވަންތައް ބިނދިފައިވެއެވެ. އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިންނެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ އެ މީހާ މަރަދޫފޭދޫއަށް ދަނިކޮށެވެ. އެކްސިޑެންޓް ހިނގި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓްވެ އެ އަންހެން މީހާ ވެއްޓިފައި އޮއްވާ ފެނުނު ކަމަށާ ނަމަވެސް އޭރު އިތުރު ވެހިކަލެއް ނެތް ކަމަަށެވެ. ނަމަވެސް އެކްސިޑެންޓް ވެފައިވަނީ އެހެން ވެހިކަލެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށާ އެއީ ކަހާލައިގެން ހިނގި އެކްސިޑެންޓެއްކަމަށް ނުބެލެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ