ސާލަމަތީ ބާރުތަކާއި، ދޭދޭ ޤައުމުތަކާއި ގުޅުވައިގެން ތޯތޯ ވާހަކަ ނުފެތުރުމަށް އަންގައިފި

ސާލަމަތީ ބާރުތަކާއި، ދޭދޭ ޤައުމުތަކާއި ގުޅުވައިގެން ތޯތޯ ވާހަކަ ނުފެތުރުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 03:55
0

ސާލަމަތީ ބާރުތަކާއި، ދޭދޭ ޤައުމުތަކާއި ގުޅުވައިގެން ތޯތޯ ވާހަކަ ނުފެތުރުމަށް މޯލްޑިވްސް މީދިޔާ ކައުންސިލުން މީޑިއާތަކަށް އަންގައިފިއެވެ.

މީޑިއާ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފަިއވަނީ އުތުރުތިލަފަޅާއި ގުޅޭގޮތުން މީޑިޔާތަކުން ގެނެސްދޭ ޚަބަރުތަކާއި ގުޅިގެން އެކަމާއި ހިންހަމަނުޖެހި ކަންބޮޑުވުން ފާޅުކޮށެވެ. މީޑިޔާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގެއްކަމަށެވެ. އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ޚާއްސަ ގޮތެއްގައި، ފަތުރާ މައުލޫމާތާއި ޚަބަރަކީ، ޤައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށްވާނަމަ، ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތާއި ދިވެހި ރާއްޖެއާއި ދޭދޭ ޤައުމުތަކުގެ ގުޅުންތަކުގެ މަސްލަހަތު އޭގައި ހިމެނޭ މައުލޫމާތެއްނަމަ، އެފަދަ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ޚަބަރު ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫކަމަށް ވަނީ ބުނެފައެވެ.

ހަމަ އެހެންމެ އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މި ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ ޚިލާފުކަމެއްކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ދެފަރާތުގެވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމް ކުރާކަމަށެވެ.

ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ޚަބަރު ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫ.

އެމްއެމްސީން ބުނީ އާއްމުންގެ އަބުރަށް ނުވަތަ ހައްގަށް އުނިކަމެއް އައިސްދާނެ މައުލޫމާތެއް ނަމަ، އެކަން ރަނގަޅަށް ކަށަވަރުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އިސްލާމްދީނާ ހިލާފު އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ގެއްލޭ ގޮތަށް ގަސްތުގައި ހަބަރާއި މައުލޫމާތު ފޯރުކޮށްދޭން އެތަނަކުން ހިތްވަރު ނުދޭ ކަމަށް ވެސް، ބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhum
Meediyaa kaunsilakee dhefuhkeheri eh
A Aali
Haadha hevva ey dhoa rayyathunnah e vidhaalhuvaa ebbasvun haama kureema ekan nimunee eh noon. Haama nukoh foruvaaigen e ulhenee kommeves nubaeh ulheythee dhoa . Noosverin kuvveri kuran ulhumuge badhaluga e ebbasvun door to door ah bahaalun maa rangalhu noonthoa . eirun emuassasa aa thimuassage ithubaaru bodu v noon.