ފަސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ފަތްކޮޅު ޙަވާލު ކޮށްފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ޖުޑީޝަލް ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ޢައްޔަންކުރުމަށް ނިންމުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބޭފުޅުންނަށް ވަނީ ދާއިރާ އިސް މެޖިސްޓްރޭޓުކަން ޙަވާލުކުރެވިފައެވެ.
އަދި މިއަހަރުގެ ފެބްރުއަރީ 10 ވަނަދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި އިތުރު ޖުޑީޝަލް ދާއިރާއަކަށް
އިސް މެޖިސްޓްރޭޓަކު ޢައްޔަންކުރުމަށް ނިންމުމާ ގުޅިގެން ފެބްރުއަރީ 24 ން ފެށިގެން އެ ބޭފުޅާއަށް ވަނީ ދާއިރާ އިސްމެޖިސްޓްރޭޓުކަން ޙަވާލުކުރެވިފައެވެ.
ފަތްކޮޅު ޙަވާލުކުރެވިފައިވާ 05 ދާއިރާގެ އިސް މެޖިސްޓްރޭޓުން:
– ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހދ. ކުޅުދުއްފުށީ އަލީޝާ އަލްއުސްތާޛު ޢަލީ އާދަމް
– އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ކ.މާލެ މއ. ވެލަނބުލޭގެ އަލްއުސްތާޛު އިބްރާޙީމް މަޢުމޫރު
– ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، މަރަދޫ އެކެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން
– ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ. ތިނަދޫ މުނިޔާގެ އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙަސަން
– ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، ދ. ބަނޑިދޫ އަލިވާގެ އަލްއުސްތާޛު އަޙްމަދު ޢާމިރު

ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ފަތްކޮޅު ޙަވާލު ކޮށްފައި ވަނީ އެ ބޭފުޅަކު ހުންނެވި ރަށަކަށް ފަތްކޮޅުތައް ފޮނުވައިގެންނެވެ.
ކޮމެންޓު ފޮނުވާ