ރޮޒޭނާ، އުމަރާއި، ދުންޔާއަށް: ތި ދެބޭފުޅުން އެޤްރީމަންޓް އާންމުކޮށްފީމެއް ނޫންތޯ؟

ރޮޒޭނާ، އުމަރާއި، ދުންޔާއަށް: ތި ދެބޭފުޅުން އެޤްރީމަންޓް އާންމުކޮށްފީމެއް ނޫންތޯ؟

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 08:35
0

އުތުރު ތިލަފަޅު އެއްބަސްވުން އާންމުކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީޔާއި، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވާލައްވަމުންދާއިރު، އެދެބޭފުޅުން އޮތީ އެގްރީމަންޓް އާންމުކޮށްފައި ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އެދެބޭފުޅުންނާއި ސުވާލު ކުރައްވައިފިއެވެ.

ރޮޒޭނާ މިސުވާލު އެދެބޭފުޅުންނާއި ކުރިމަތި ކުރެއްވީ އުތުރު ތިލަފަޅު އެގްރިމެންޓު އާންމުކުރަން ނުވަތަ އެ އެގްރިމެންޓު ރައްޔިތުންގެ މަޖިލީހާސް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީޔާއި، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވާލެއްވުމުންނެވެ.

ޑީއެންއޭގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ މި އެއްބަސްވުމާ ގުޅޭ ގޮތުން އެ ހަރަކާތުގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ. އުމަރު ވިދާޅުވީ އެ އެގްރިމެންޓަކީ ސިވިލް އެގްރިމެންޓަކަށް ވާނަމަ، އެ އެއްބަސްވުން ރައްޔިތުންނަށް ހާމަ ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމެއް ނަމަ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ގޮވާލާ ކަމަށެވެ.

އުމަރާއި ދުންޔާގެ ވާހަތަކަތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ އުމަރަކީ އަބަދުވެސް ދޮގު ވާހަކަ ފަތުރައި ދޮގުވާހަކަ ދައްކަވާ ބޭފުޅެއްކަމަށެވެ. އަދި ދައްކަވާ ވާހަތަކާިއ ގުޅިގެން އެކަމުގެ ތެދު ގޮދު ބެލުމަށް މަސައްކަތް ކުރުމުން އެކަމާއި ކުރިމަލާން ހިތްވަރު ނެތި ދައްކަވާ ވާހަތަކަކީ ސިޔާސީ ވާހަތަކަސް ބަދަލުވާ ބޭފުޅެއްކަމަށެވެ.

ތި ދެބޭފުޅުން އެގްރީމަންޓް އާންމުކޮށްފީމެއްނޫންތޯ؟ އެއީ އަދި އޭއެއްޗެއްނޫންތޯ؟ އަބަދު ދޮގުވާހަކަ އުމަރު ފަތުރަނީ! ޔާމީންއޭ ކިޔައިގެން ދެއްލޮ ވާހަތައްވެސް މަޖިލިސްގައި ސުވާލު ކުރީމާއި ބުނީ އެއީ ސިޔާސީ ވާހަކައެކޭ. އަނެއްކާވެސް ސިޔާސީ ގޮތަކުން ރެލަވެންޓް ވަނީތޯ؟

– ރޮޒޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ އިން އެ އެގްރިމެންޓު ފޮނުވި ދުވަސްވަރަކީ ކޯވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސް ބަޖެޓުގެ ތާށިކަން ދިމާވެފައި އޮތް ދުވަސްވަރު ކަމަށެވެ. އުމަރު ތަކުރާރުކޮށް ވިދާޅުވީ ދިވެހި ސަރުކާރުން ޔޫޓީއެފް އެއްބަސްވުމަށް އެއްވެސް އެއްޗެއް އިތުރުކޮށް އެ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާނަމަ، އެ އެއްބަސްވުން ދައްކަން އެދޭ ކަމަށެވެ.

އުމަރުގެ ސުވާލު: އެއްބަސްވުމުގައި ނުރައްކަލެއް ނެތްއިރު، އާންމުކޮށްފިނަމަ ނުރައްކާވާންވީ ކީއްވެތޯ؟

އަސްކަރިއްޔާ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅުގައި ބޭރުގެ ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށެވެ.

ޔޫޓީއެފް އެގްރިމެންޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިޔުމަކީ އެތަނުގައި ފެސިލިޓީއެއް ގާއިމް ކުރުމަށް މީގެ ކުރިން ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަތަކަށް ބަދަލު ގެނެސް، އެއްވެސް ވަރަކަށް ހަގީގަތެއް އަދި އަސާސެއް ނެތް ގޮތަކަށް އެކުލަވާލާފައިވާ ލިޔުމެއް ޝަމާލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.