8،000 މީހުންނަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އަލުން ދެނީ

8،000 މީހުންނަށް ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު އަލުން ދެނީ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 08:10
0

ވޯޓުގެ ސައްޚަކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީކޮށްފައި ވާތީ، ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެ މީހުންނަށް މިހަފްތާގައި ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި26،000 ވުރެ ގިނަ މީހުން ފޯމް ހުށައަޅައިފައިވެއެވެ. އިލެކްޝަނުން ބުނެފައިވަނީ ރީ ރަޖިސްޓްރީއަށް ހުޅުވާލި މުއްދަތުގައި 26،750 ފޯމް ހުށައަޅާފައިވާކަމަށެވެ.

ކޮމިޝަން ރައީސް ވިދާޅުވެފައިވަނީ ރީ ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ވޯޓުގެ ސައްޚަކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި އެންމެންނަށް އަލުން ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއއި، އެގޮތުން މިހަފްތާގައި މުއްދަތު އަލުން ހުޅުވަލާނެކަމަށެވެ.

ރަޖިސްޓްރޭޝަން ނިމުނުއިރު 8000 ފަރާތެއްގެ ވޯޓު ސައްޚަކަން ގެއްލޭފަދަ ގޮތަކަށް ރި ރަޖިސްޓަރ ކޮށްފައިވޭ. މި ފަރާތްތައް އަލުން މިހާރު ރި ރަޖިސްޓްރާ ކޮށްފައިވާތަން ނޫން އެހެން ތަނަކަށް ރަޖިސްޓާވާ ވާން މި ހަފްތާގައި ފުރުސަތު ހުޅުވާލާނަން.

– ޝަރީފް ވިދާޅުވިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިކް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.

މި އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.