"ކުޗް ރަންގް ޕިޔާރްކޭ އޭސެ ބީ" ގެ 3 ވަނަ ސީޒަން އެއް!

"ކުޗް ރަންގް ޕިޔާރްކޭ އޭސެ ބީ" ގެ 3 ވަނަ ސީޒަން އެއް!

"ކުޗް ރަންގް ޕިޔާރްކޭ އޭސެ ބި" އަކީ ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާ އެކެވެ. އެގޮތުން އެ ސިލްސިލާގައި ދެމަފިރިންގެ ގޮތުގައި ފެނިގެންދިޔަ އެރިކާ ފެރްނާންޑޭޒް އާއި ޝަހީރް ޝެއިޚް އަކީ ޓީވީ އިންޑަސްޓްރީން އެންމެ ގިނަ ބަޔަކަށް ކަމުދިފަ އޮންސްކްރީން ކަޕަލް އެވެ.

މި ސިލްސިލާ ބެލުންތެރިން ހީކުރި ވަރަށް ވުރެ އަވަހަށް ނިމިގެން ދިޔުމުން ހުރިހާ ބެލުންތެރިންވެސް ތިބީ ހިތްހަމަނުޖެހިފަ އެވެ. އެހެންނަނަަވެސް މި ސީރީސްގެ ތިންވަނަ ބައި ނެރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

މި ޚަބަރާއި އެކުގައި މި ސިލްސިލާގެ 3 ވަނަ ބައި ދައްކަންފަށާނެ ދުވަހަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި ޑްރާމާގެ 3 ވަނަ ބަޔަށް ކާސްޓުން އަދި އިއުލާން ކޮށްފައި ނުވާއިރު ހަމަ އެކަނީ އެނގޭ އެއްޗަކީ ޝަހީރް ލީޑު ރޯލުން ފެނިގެންދަނެ ކަމެވެ. ނަމަވެސް އޭނާ އާއެކު ލީޑުން އެރިކާ ފެންނާނެކަން އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެރިކާވެސް މި ސިލްސިލާ ކުޅެން މިހާރު ވަނީ އެއްބަސް ވެފައެވެ.

މީގެ ކުރިން ނެރެފައިވާ ރިޕޯޓެއްގައި، އެރިކާ މި ސީރީސްގެ އިތުރު ބައެއް ކުޅެން ބޭނުންނުވާ ކަމަށް ބުނެފައިވެ އެވެ. އަދި މިއީ އޭނާ އާއި ޝަހީރްގެ ދެމެދުގައި ކުރިން އޮތް ލޯބީގެ ގުޅުމުގެ ސަބަބުން މަސައްކަތުގައި ކުރިމަތިވެދާނެ މައްސަލައަކަށް ބަލާފައިކަމަށް އެރިކާ ވަނީ ބުނެފައެވެ. އެއްކޮށް ޔަގީނެވަފައި ނުވިނަމަވެސް މި ދެމީހުން އަނެއްކާވެސް "ކުޗް ރަންގް ޕިޔާރްކޭ އޭސެ ބީ" ގެ ތިންވަނަ ބައިންވެސް ފެންނާނެ ކަމުގެ ވަހަކަތައް ވަނީ ފެތުރިފައެވެ.

ސޮނީ އެންޓަޓެއިންމަންޓްގެ މި ޑްރާމާ ސިލްސިލާގެ 3 ވަނަ ސީޒަން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ސޮނީގެ އޮންލައިން ޕްލެޓްފޯމް "ސޮނީ ލިވް" އިން ނެވެ. އަދި މި މަހު ޝޫޓިންގ ފަށައި ޖޫން މަހުގެ ނިޔަލަށް ނިންމާލާނެ ކަމަށްވެސް ޕްރޮޖެކްޓްގެ މަޢުުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އިންޑިއާގެ ނޫސްތަކަށް މަޢުލޫމާތު ދީފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *