ކެޓްރީނާ ކޮއްކޮއަށް ދިނީ މި ނަސޭހަތް

ކެޓްރީނާ ކޮއްކޮއަށް ދިނީ މި ނަސޭހަތް

Author
ފާތިމަތު ނާވީ
14 މާރޗް 2021 11:51
0

ކެޓްރީނާ ކައިފްގެ ކޮއްކޮ ބޮލީވުޑަށް ތަޢާރަފްވީ ފިލްމު ހުކުރުދުވަހު ވަނީ ދައްކަން ފަށާފައެވެ. އޭނާ ބޮލީވުޑަށް ނުކުމެފައި މިވަނީ ނެށުންތެރިއެއްގެ ރޯލުންނެވެ. ކެޓްރީނާގެ ކޮއްކޮ އިސަބެލް ކައިފް ފިލްމީ ދާއިރާއަށް ޝަޢުގުވެރިކަން ހުރިކަން ހާމަކުރި ހިސާބުން ކެޓްރީނާ ގެންދަނީ އޭނާއަށް ހިތްވަރާއި ނަސޭހަތް ދެމުންނެވެ. އޭނާވަނީ ސޯޝަލް މީޑިއާގައި ކޮއްކޮއަށް ހިތްވަރު ދިނުމުގެ ގޮތުން އެތަށް ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

އިސަބެލްގެ އެންމެ ފުރަތަމަ ފިލްމަކީ ސްޓޭންލީ ޑި ކޯސްޓާގެ ޑައިރެކްޝަންގެ ދަށުން ނެރުނު "ޓައިމް ޓު ޑާންސް" އެވެ. މި ފިލްމުގައި އިސަބެލްގެ އިތުރުން ސޫރަޖް ޕަންޗޯލީ، ވަލުޝާ ޑި ސޫޒާ، ސާގިބް ސަލީމް އަދި ރާޖްޕަލް ޔާދަވް ވެސް ފެނިގެން ދެއެވެ.

 

View this post on Instagram

 

A post shared by Isabelle Kaif (@isakaif)

އެކްޓިންގެ ރޮނގުން އިސަބެލް އަށް ކެޓްރީނާ ދިން ނަސޭހަތަކީ ފިލްމުތަކުގައި މޫނަށް ގެންނަ އެކްޕްރެޝަން ތައް ތަންކޮޅެއް ބޮޑަށް ފާޅުކުރުމެވެ. އާންމު ދިރިއުޅުމުގައި މީހާގެ ހުންނަ އެކްސްޕްރެޝަން ތަކަށް ވުރެ އިތުރަށް ކެމެރާގެ ކުރިމަތީ އެކްސްޕްރެޝަންތައް ދައްކަން ޖެހޭނެ ކަަމަށް ކެޓްރީނާ ވަނީ ކޮއްކޮ އިސަބެލް އަށް ކިޔާދީފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އިސަބެލް ބުނެފައިވަނި ކެޓްރީނަ ވަރަށް ހިތްވަރު ދޭ ކަމަށާއި ފިލްމީ ދާއިރާއަށް ނުކުންނަ ވާހަކަ ބުނުމުންވެސް އެކަމަށްވެސް އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި ކުރިއަށް ދިއުމަށް އިރުޝާދު ދީފައި ވާކަމަށެވެ.

 

View this post on Instagram

 

A post shared by Isabelle Kaif (@isakaif)

އިސަބެލް ދެން ފެނިގެންދާނީ ޕުލްކިތު ސަމްރަތާއި އެކުގައި ފިލްމު "ސުސްވަގަތަމް ޚުޝާމަދީދް" އިންނެވެ. މިވަގުތު އާގްރާގައި ޝޫޓީން ކުރިއަށްދާއިރު އިސްބެލް ބުނެފައިވަނީ އޭނާ ޕުލްކިތާ އެކުގައި މަސައްކަތް ކުރަން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.