އެމްޑީޕީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުދިނުމަށް އަމިއްލަފުޅު ރަށްކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.
ކުރީގެ ބާއިބު ރައީސް ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ފުވައްމުލަކު ރައްޔިތުން ރައީސް ޞާލިހަށް ނޫނެކޭ ބުނަން، ކައުންސިލް އެމްޑީޕީއަށް ނުދޭން ގޮވާލައްވާފައެވެ. އަދި ރަށަށް ވީ އެއްވެސް ވަޢުދެއް ނުފުއްދޭއިރު އެންމެންނަށް އަނިޔާކުރަނީކަމަށާއި، ނަރުދަމާ މެނޭޖްކުރުމުގައިވެސް ކޮރަޕްޝަން ހިންގާފައިވާކަމަށް ޖަމީލް ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން އިދިކޮޅުން އެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޠާރިޤްއާއެކު ޕީޕީއެމް ކައުންސިލް ވާނީ ޚިދުމަތްތެރި ކައުންސިލަކަށްކަން ޔަޤީންކުރައްވާކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
ފުވައްމުލަކު ރައްޔިތުން @ibusolih އަށް ނޫނެކޭ ބުނަން ކައުންސިލް އެމްޑީޕީއަށް ނުދޭން ގޮވާލަން. ރަށަށް ވީ އެއްވެސް ވަޢުދެއް ނުފުއްދޭއިރު އެންމެންނަށް އަނިޔާކުރަނީ.ނަރުދަމާ މެނޭޖްކުރުމުގައިވެސް ކޮރަޕްޝަން.ތޯރިޤްއާއެކު ޕީޕީއެމް ކައުންސިލް ވާނީ ޚިދުމަތްތެރި ކައުންސިލަކަށްކަން ޔަޤީން pic.twitter.com/i2Dl1Zsyvf
— Mohamed Jameel Ahmed (@MJameelAhmed) March 13, 2021
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ސަރުކާރުގެ ދައުރު ދެބައި ވީއިރުވެސް ނުފުއްދޭކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީން ކުރިއަށްއޮތް އިންތިޚާބަށް ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާރުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެމްޑީޕީގެ އިސް ފަރާތްތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ގިނަ ޝަކުވާތަކެއް ހުށައަޅާފައިވެއެވެ. ސަރުކާރުން ވަނީ އިންތިޚާބު ކައިރިވެފައިވަނިކޮށް ބޮޑެތި ގިނަ ވަޢުދުތަކެއް ރައްޔިތުންނަށް ވެވަޑައިގެންފައެވެ.
ނަމަވެސް ރާއްޖޭގެ އެންމެ ބޮޑެތި ސިޓީތަކުން މިހާތަނަށް ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފެދުނީއްސުރެ އެމްޑީޕީއަށް މެޖޯރިޓީ ދެމުން އައިނަމަވެސް ރައްޔިތުންގެ މައްސލަަތަކަށް ހައްލު ގެނެސްދެވިފައިނުވާކަމަށް އެ ސިޓީތަކުގެ ބައެއް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ