ކޯވިޑްގެ ބަލިމަޑުކަމުގެ ބިރުވެރިކަމުން ތަޖުރިބާ ކުރަން ބޭނުން ނުވާނަމަ އަވަހަށް ކޯވިޑުން ރައްކާތެރިވުމުގެ ވެކްސިން ޖެހުމަށް އެބަލި ތަހައްމަލްކުރަމުންދާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިލްތިމާސް ކުރައްވައިފިއެވެ.
އާޒިމް ދާދި ދެންމެއަކު ޓްވިޓަރ މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޯވިޑް ވެކްސިން ނުޖެހުމުގެ ދެރައާއި ހިތާމަ އާއި އުނދަގޫ އެ ބޭފުޅާ ތަހައްމަލް ކުރަމުން ދާކަމަށެވެ. އަދި އެކަންކަން ތަހައްމަލް ކުރަން ބޭނުން ނުވާނަމަ އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް ރޯގާގެ ސަބަބުން ގަދަހުމާއި ރޯގާގެ ބިރުވެރި އެހެނިހެން އަލާމާތްތައް ފާއިތުވި4 ވަރަކަށް ދުވަހު ތަހަންމަލް ކުރަން ޖެހުނު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
You constant prayers and well wishes strengthens my resolve to fight COVID illness. Thank you all ?
It’s your shot. Get vaccinated#covid19 #GetVaccinated pic.twitter.com/3lZsr5a37H
— ??? ???? (@aliaazim) March 13, 2021
އަލީ އާޒިމް ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ޕޮޒިޓިވް ވުމާއެކު ހުންނެވީ އަމިއްލަ ގޭގައި ކަރަންޓީންގައެވެ.
އާޒިމަކީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި މަޖިލީހުގެ ފުރަތަމަ މެންބަރެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި ގާތުން ބައްދަލުވުމުން މީގެ ކުރިން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ