އެއްވެސް ހައްގަކަށް ބެލުމެއް ނެތި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ފެންނަނީ ރައީސް ނަޝީދާއި ރައީސް ޞަލިޙްކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ ޢާންމު ތަންތަނަށް ނުނިކުމެވޭނެކަމަށް ކަނޑައަޅާ އެޗްޕީއޭއިން ގައިޑްލައިން ޢާންމުކޮށްފައިވަނިކޮށް ވެރިކަންކުރާ މައި ޕާޓީން އިއްޔެ ހުލުމާލޭގައި ރިޒްނާ ޒަރީރުގެ ކެމްޕެއިން ހަރަކާތުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިކޮށްގެން ބޭއްވި ސިޔާސީ ހަރަކާތް އެޗްޕީއޭއާއި ފުލުހުން ހުއްޓުވާފައިނުވިނަމަވެސް އިދިކޮޅުގެ އެއްވުން ފެށުމުގެ މާ ކުރިން ފުލުހުން ވަނީ އިދިކޮޅު މީހުން ހައްޔަރުކުރަން ފެށިއެވެ.
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ އެމްޑީޕީގެ ހަރަކާތުގެ ފޮޓޯއަކާއެކު، އެއްވެސް ހައްގަކަށް ބެލުމެއް ނެތި އެޗްޕީއޭއަށް ފެންނަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙްކަމަށް ވިދާލޫވެ އެ ހަރަކާތުގެ ބައިވެރިން ޖޫރިމަނާކުރެވޭނެތޯ އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަނަށް ސުވާލުކުރައްވާފައެވެ.
ސައީދު މިހެން ވިދާލުވެފައިވާއިރު ޚާއްޞަ ހުއްދައިގެ ދަށުން ސަރުކާރުގެ ވެރިންންނާއި އިސް ބޭބޭފުުޅުން އަންނަނީ ރަށްރަށް ގޮސް ކެމްޕެއިންކުރަމުންނެވެ. އަދި މާލެ ސަަރަހައްދުގައިވެސް ކެމްޕެއިން އިވެންޓްތައް ބާއްވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ރުޅާލާ ފުލުހުން އަންނަނީ އެފަރާތްތައް ޖޫރިމަނާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ