ޞިއްހީ މާހިރުންގެ ލަފާގެ މަތިން ކަންކަން ނިންމަވާނަމަ އެޗްޕީއޭއަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒެއް ނުވާނެކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟި އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ފާޑުކިއުން އަމާޒުވެގެން، ކޯވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކަރަންޓީންނުވެ ރަށްރަށާށް ކެމްޕެއިނަށް ދެވޭ އުސޫލު އެޗްޕީއޭއިން އުވާލުމުން އެކަމަށް އިޝާރާތްކުރައްވާ ހައިލަމް ވިދާޅުވީ، ވެރިކަންކުރާ ޕާޓީން އެންގުމުން އުޞޫލުތަކަށް އިޞްލާަހު ގެނައުމުގެ ބަދަލުގައި، ޞިއްޙީ މާހިރުންގެ ލަފަޔާަ މަޝްވަރާގެ މަތިން އެފަދަ ކަންތައް ކުރައްވާނަމަ ރައްޔިތުންގެ ފާޑުކިޔުން އަމާޒެއް ނުވާނެކަމަށެވެ.
ވެރިކަންކުރާ ޕާޓީން އެންގުމުން އުޞޫލުތަކަށް އިޞްލާަހު ގެނައުމުގެ ބަދަލުގައި، ޞިއްޙީ މާހިރުންގެ ލަފަޔާަ މަޝްވަރާގެ މަތިން އެފަދަ ކަންތައް ކުރައްވާނަމަ ރައްޔިތުންގެ ފާޑުކިޔުން އަމާޒެއް ނުވާނެ. https://t.co/zb6hOG6d75
— Ahmed Hailam (@AhmedHailam) March 12, 2021
ކަރަންޓީން ނުވެ ރަށްރަށް ދެވޭ އުސޫލު އާންމުކުރުމާއެކު އެޗްޕީއޭއާއި ސަރުކާރަށް ވަރަށް ބޯޑެތި ފާޑުކިއުން އަމާޒުވިއެވެ. ފާޑުކީ ފަރާތްތަކުގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންވެސް ހިމެނެއެވެ.
އަންނަ މަހުގެ 10ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.
ކޮމެންޓު ފޮނުވާ