ކޯވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން މިހާތަނަށް އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތައް ތަންފީޒްކުރަމުން ގެންދިޔައީ ކޯވިޑްގެ ނުރައްކަލެއް އޮވެގެން ނޫންތޯ ކްރިމިނަލް ކޯޓުގކުރީގެެ އިސް ޤާޟީ އަޙްމަދު ހައިލަމް ސުވާލުކުރައްވައިފިއެވެ.
ހައިލަމް އެޗްޕީއޭއަށް މިސުވާލު ދަންނަވާފައިވަނީ، ކަރަންޓީން ނުވެ ކެނޑިޑޭޓުންނަށް ރަށްރަރަށް ދެވޭނެ އުސޫލު އެޗްޕީއޭއިން ރޭ ޢާންމުކުރުމާއި ގުޅިގެންނެވެ. އެޗްޕީއޭއިން މިހާތަނަށް ކެނޑިޑޭޓުންނަށް ހުއްދަ ދީފައިނުވަނީ ކޯވިޑް މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެތުރޭތީކަމަށް ބުނެއެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ އިސް ވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އެކި ކަންކަމުގައި ޚާއްޞަ ހުއްދައާއެކު ރަށްރަށް ގޮސް އަންނަނީ ކެމްޕެއިން ކުރަމުންނެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އެޗްޕީއޭއިން ކެމްޕެއިންކުރުމަށް އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ނުދޭކަމަސް ބުނެފައެވެ.
ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވަނީ މިވީހާ ދުވަހު ހަރުކަށި އުޞޫލުތައް ތަންފީޒުކުރަމުން ގެންދެވީ ކޮވިޑްގެ ނުރައްކަލެއް އޮވެގެން ނޫނެއް ނޫންތޯ ސުވާލުކުރައްވާ، ސިޔާސީ ބޭފުޅުން ޖައްސަވާ ބެރެއްކަން ސާބިތުކޮށްދެއްވީތީކަމަށް ވިދާޅުވެ އެޗްޕީއޭއަށް ޝުކުރު އަދާކުރައްވާފައެވެ.
ކެމްޕެނާހުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވެގެން ރައްޔިތުންގެ ޢާންމު ދިރިއުޅުމާއި ކުދި/މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާފަދަ ހަރުކަށި އުޞޫލުތައް ތަންފީޒުކުރެވިގެން ނުވާނެ. ހަރުކަށި އުޞޫލުތައް އަޅަންވާނީ ޚާއްޞަ ހުއްދަ ދެވޭ ބަޔަކާ ދެކޮޅަށް.
– ކްރިމިނަލް ކޯޓުގކުރީގެެ އިސް ޤާޟީ އަޙްމަދު ހައިލަމް
ހައިލަމް މިހެން ވިދާޅުވެފައިވާއިރު، އެޗްޕީއޭއިން ކެމްޕެއިން ކުރުމަށް ހުއްދަ ނުދެނީސް، އިއްޔެވެސް ހުވަދު އަތޮޅުގެ ބައެއް ރަށްރަށް ޖޭޕީގެ ސްލޮޓެެއްގައި ހުރި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަންއާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަޑައިގެން ވަނީ ކެމްޕެއިން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ