އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބާއި ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް އެކޮމިޝަންގެ އެއްވެސް ކޮމިޓީއަކަށް ހުށައެޅިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީދީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބުގެ މައްޗަށް ތުހުމަތުކޮށް އެކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައެވެ.
އެކަން ދިގުކުރައްވާ އީސީން ނެރުނު ބަޔާނެއްގައި ވަނީ ކޮމިޝަނުގެ ނައިބު ރައީސް ޙަބީބުގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާއެއްގައި އާންމުކޮށްފައިވާ ޚަބަރާ ގުޅިގެން ރޭ އެ ކޮމިޝަނުން ކުއްލި ޖަލްސާއެއް ބާއްވާފައިވާކަމަށެވެ. އެ ޖަލްސާގައި، އީސީގެ ނައިބު ރައީސް އާއިގުޅިގެން މިހާތަނަށް އެ ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް
މައްސަލައެއް ހުށަހެޅިފައިނެތަސް، އެފަދަ މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އެންގުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.
ކޮމިޝަނުގެ ނައިބު ރައީސް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް މީޑިއާގައި ރިޕޯޓުކުރުމާއި ގުޅިގެން އެ މައްސަލައިގެ ޙަޤީޤަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަނުގެ ނައިބު ރައީސް މި ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިންގާފައިނުވާކަން ވަނީ ކަށަވަރުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ