ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ދޭ ވެކްސިން ރެކޯޑް ޢަދަދަށް މީހުންނަށް ދީފިއެވެ.
މިއަދު ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު 11،474އަށް އަރައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 6،015 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ވެކްސިން ޖެހި 5،459 މީހުންނެވެ.
މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދު 81،094އަށް އަރާއިރު، މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 105،836އެވެ. އަދި މުޅު ރާއްޖެއިން ވެކްސން ޖެހި މީހުންގެ ޢަދަދު186،930އަށް ވަނީ އަރާފައެވެ.
ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމ ޑޯޒް މިމަހުގެ15 އާއި ހަމައަށް ދިނުމަށް އެޗްޕީއޭއިން ކަނޑައެޅުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހާ ސެންޓަރުތަކަށް ވެކްސިން ޖެހުމަށް ގޮސްފައެވެ. އެގޮތުން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ދިގުކިއު މިއަދު އޮތެވެ.
ކޮމެންޓު ފޮނުވާ