މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި އެކި އެކި ޗެލެންޖުތަށް ކުރިއަށްގެންދިއުމަކީ ވަރަށް ފޯރިއާއެކު ކުރާ ކަމެކެވެ. މިކަން ބޮލީވުޑްގެ ތަރިންގެ މެދުގައި ވެސް ވަރަށް ބާކުރިއަށްދެއެވެ. އެގޮތުން "ޕާރީ" ޗެލެންޖު ވައިރަލް ވެގެން ދިޔަތާ އަދި މާގިނަ ދުވަސް ވެފައިނުވާ އިރު މިހާރު އެންމެ ހިނގަމުން ދަނީ "ޑޯންޓް ރަޝް" ޗެލެންޖެވެ. މި ޗެލެންޖު ފުރިހަމަ ކުރި މީހުންގެ ތެރޭގައި ވިކީ ކައުޝަލް ހިމެނެއެވެ.
ވިކީ ބުނެފައިވާ ގޮތުގައި އޭނާ މި ޗެލެންޖު ފުރިހަމަ ކުރީ ގަޔާވިލެއް ބޮޑުކަމުން ނެވެ. އަދި ޗެލެންޖުގައި ބައިވެރި ވުމުގެ ކުރިން އެހެން މީހުންގެ ވީޑިއޯތަށް ގިނަ އަދަދަކަށް ބެލި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ވިކީ މި ޗެލެންޖު ކާމިޔާބު ކޮށްފައިވަނީ ޝޫޓިންގ ކުރިއަށް ދިއަ ސެޓުގައި ކުރޫގެ ދެ މެމްބަރަކާއި އެކުގައިއެވެ.
ވިކީ ކައުޝަލްގެ އިތުރުން ސަމަންތާ އައްކީނެނީ ވެސް ވަނީ މި ޗެލެންޖު ފުރިހަމަކޮށްފަ އެވެ. އަދި އޭނާ މި ޗެލެންޖު ފުރިހަމަ ކޮށްފައިވަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ސަމަންތާ އާއެކު އޭނާގެ ކޮރިއޯގްރަފާވެސް މި ޗެލެންޖުގައި ފެނިގެންދިޔައެވެ. ފިލްމު "މަޖިލީ" އިން ފެނިގެންދިޔަ ސަމަންތާ މި ވީޑީއޯގައި ހުރީ އަތްދިގު ކްރޮޕް ޓޮޕެއްގެ އިތުރުން ކަޅުކުލައިގެ ލެގިންސް ލައިގެންނެވެ. ސަމަންތާ ބުނެފައިވަނީ އޭނާ މި ޗެލެންޖު ފުރިހަމަ ކުރީ ވިކީ ކައުޝަލް ބުނެގެން ކަމަށެވެ. އަދި އޭނާ ވަނީ އޭނާގެ ކޮރެއޯގްރަފަރަށް ޝުކުރު އަދާކޮށްފަ އެވެ.
ސައުތު އިންޑިއާގެ ތަރި ސަމަންތާ މި ވަގުތު މަސައްކަތް ކުރަމުންދަނީ ވިޖޭ ސެތޫޕަތީ އަދި ނަޔަންތަރާއާއި އެކުގައި ފިލްމު "ކާތު ވާކުލަ ރެންދު ކަދަލް" ގައިއެވެ. މިއީ ވިގްނޭޝް ޝިވާންގެ ބެލުމުގެ ދަށުން ކުރިއަށްދާ ފިލްމެކެވެ. މީގެ އިތުރުން "ޝަކުންތަލާމް" އިންވެސް ސަމަންތާ ފެނިގެންދާނެއެވެ. އަދި ހަމައެހެންމެ ފުރަތަމަ ފަހަރަށް ހިންދީ ފިލްމަކުން ވެސް ސަމަންތާ މި އަހަރު ފެނިގެންދާނެއެވެ. އެއީ މަނޯޖްއާއި އެކުގައި "ދަ ފެމިލީ މޭން" އިންނެވެ.