ދުންޔާގެ ތާޢީދުވެސް ޑރ.މުޢިއްޒުއަށް

ދުންޔާގެ ތާޢީދުވެސް ޑރ.މުޢިއްޒުއަށް

Author
މުޙައްމަދު ޖިމީ
06 މާރޗް 2021 06:35
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިިން މިނިސްޓަރ ދުންޔާ މައުމޫން ތާޢީދުކުރައްވަން ނިންމަވައިފިއެވެ.

ދުންޔާ ވިދާޅުވީ، މާލޭގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ.މުޢިއްޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި، ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެއްކަމަށެވެ.

ދުންޔާ، ޑރ.މުޢިއްޒުއަށް ތާޢީދކުރަން ނިންމާފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުންނާއި އެމްޑީޕީގެ ޢާންމު މެންބަރުންގެ ތެރެއިންވެސް ބައެއް މީހުން ދަނީ ފާޅުގައި ޑރ.މުޢިއްޒުއަށްް ތާޢިދުކުރާކަން ހާމަކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެމެންބަރުންވެސް ހިމެނެއެވެ.

ޑރ.މުޢިއްޒުއަށް ތާޢިދުކުރާ މީހުން އިތުރުވަމުން އަންނައިރު ޑރ.މުޢިއްޒު ގެންދަވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. ޚާއްޞަކޮށް ބޯހިޔާވަަހިކަމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތްކުރެއްވުން ހިމެނެއެވެ.

އަންނަ އޭޕްރީލް 10ގައި ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ޑރ.މުޢިއްޒު ވާދަކުރައްވާއިރު، އެމްޑީޕީން ވާދަކުރައްވަނީ އެޕާޓިގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީވެސް ގެންދަވަނީ މޭޔަރުކަމަށް ވާދަކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
ކުރީގެ ރައަސީ މައުމޫނުގެ ދަރިކަބަލުން ދުންޔާ ޑރ މުއީޒައް ތާއިދުކުރެއްވީ މިސަރުކާރުކާރު ކަމުނުދާތީ ކަންހަމަޔާގީ ދުންޔާ ފަދަބޭކަބަލުން ޑރ މުއީޒައް ތާއިދުކުރެއްވީތީ އެކަމަނާއައް އަޅުގަޑު މަރުހަބާ ކިއަން
H Hajja
dunyaa ah vase agaa muiz akee ghdha thari ah kan
ޔ ޔާމީނުގެ ސަޕޯޓަރެއް
މުއީޒް މާލޭ މޭޔަރުކަމަށް ގެނައުމައް ދުންޔާ މައުމޫނު ތާއީދު ކުރައްވަން ނިންމެވި ކަމައްޓަކައި ހިތުގެ އަޑިން ޝުކުރާއި މުބާރަކްބާދު އަރިސްކުރަމެވެ
އ އެކުވެރިއެއް
ސާބަސް ދުންޔާ މުއީޒްއަށް ތާއީދުކުރަށްވާތީ