ފާޑުކިޔުންތަކާއިއެކު ގޭގައިމަޑުކުރި ހުސައިން ޝަރީފް ވަޒީފާއަށް ނުކުންނަން ފަށައިފި

ފާޑުކިޔުންތަކާއިއެކު ގޭގައިމަޑުކުރި ހުސައިން ޝަރީފް ވަޒީފާއަށް ނުކުންނަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 11:18
0

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމަށްފަހު، ސަރުކާރުގެ ތެރެއިންނާއި ބޭރުން އައި ފާޑުކިޔުންތަކާއިއެކު ގޭގައި މަޑުކުރަން އެންގި ހުސައިން ޝަރީފު އަނެއްކާވެސް ވަޒީފާއަށް ނިކުންނަށް ފައްޓަވައިފި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ.ޝަހީމްގެ އަރިހުގައި ހުސެއިން ޝަރީފްވަނީ ކެމްޕެއިން ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރައްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަކުރުމަށް އޭރު އެންމެބޮޑަށް މަސައްކަތް ކުރެއްވި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ދިމާއި އިދިކޮޅަށް ކެމްޕެއިން ކުރުމަށްފަހު ހުސެއިން ޝަރީފަށް މިސަރުކާރުގެ ނައިބްކަން ދިނުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އޭނާއަށް ވަޒީފާ ދިނުމާއި ގުޅިގެން ސަރުކާރު ނިސްބަތްވާ އެމްޑީޕީ މެމްބަރުންގެ ވަރަށްބޮޑު ނުރުހުމެއް ކުރިމަތިވިއެވެ. ގިނަ ފާޑުކިޔުންތަކާއިއެކު އޭނާވަނީ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރައްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި ހުންނެވި ދުވަސްތަކުގައިވެސް އޭނާއަށް މުސާރަ ދީފައިވެއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ނިސްބަތްވާ ޙުސައިން ޝަރީފް އިސްލާމިކް މިނިސްޓްރީއަށް ޢައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގަ އެވެ. ޙުސައިން ޝަރީފަކީ ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ، އޮނާރސް އާއެކު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރ ފެންވަރުގެ މަޤާމުތައް ޙުސައިން ޝަރީފް ވަނީ އަދާކުރައްވާފައެވެ.

ފާޑުކިޔުންތަކުގެ އަޑުމަޑުވެ އަނެއްކާވެސް ވަޒީފާއަށް ހުސެއިން ޝަރީފް ނިކުންނަން ފައްޓަވާފައިވާއިރު އޭނާ ވަޒީފާގައި މިހާތަނަށް ހުރީވެސް އަދި ވަޒީފާއަށް ނިކުތުމަށް އެންމެބޮޑު ބާރެއް އަޅުއްވާފައިވަނީވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރުގެ ބާރުގައިކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެ އެވެ. އަލީ ޒާހިރާއި ހުސެއިން ޝަރީފަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.