އައިޝްވާރިޔާ އާ މާ ވައްތަރު މީހެއް!

އައިޝްވާރިޔާ އާ މާ ވައްތަރު މީހެއް!

Author
ފާތިމަތު ނާވީ
03 މާރޗް 2021 01:07
0

އައިޝްވާރިއާ ރާއި އާ ވައްތަރު އާމްނާ އިމްރާނުގެ ފޮޓޯތަކަށް ވަރަށް ގިނަ މީހުންގެ ސަމާލުކަންވަނީ ލިބިފައެވެ. މީގެ ތެރެއިންވެސް ފާހަގަ ކޮށްލެވެނީ އައިޝްވާރިއާ "ދޭވްދާސް" އިން ފެނިގެން ގޮސްފައިވާ ގޮތަށް ނަގާފައިވާ ފޮޓޯއެވެ.

އާމްނާ އިމްރާން އަކީ ބިއުޓީ ބްލޮގާއެކެވެ. އަދި މިއީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ. ބިއުޓީ ބްލޮގާއެއްގެ ހައިސިއްޔަތުން އާމްނާ ވަރަށް ގިނަ ތަރިން ފިލްމު ތަކުން ފެނިގެން ގޮސްފައިވާ ގޮތްތަކަށް މޭކަޕްކޮށް ހެދުން އަޅައި (އެ ލުކް ރި ކްރިއޭޓް) ކޮށް ފޮޓޯ ނަގާ ހަދައެވެ.

 

View this post on Instagram

 

A post shared by Aamna Imran ? (@aamna_imrann)

އައިޝްވާރިއާ ރާއީ މަޝްހޫރު ފިލްމު ތަކުން ފެނިގެން ގޮސްފައިވާ ގޮތް އާމްނާ ވަނީ "ރީކްރިއޭޓް" ކޮށްފައެވެ. އެގޮތުން "ދޭވްދާސް"، "ގުޒާރިޝް"، "އޭ ދިލް ހެ މުޝްކިލް" ހިމެނެއެވެ.

މި ފޮޓޯތަކަށް ގިނަ ބެލުން ތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ރީތީގެ ރާނީ އައިޝްވާރިއާ އާއި އާމްނާ ވަރަށް ވައްތަރެވެ. މި ނޫނަސް ސެލެބްރިޓީންނާ ވައްތަރު މީހުން އާންމުގެ ސަމާލު ކަން ވަނީ ހޯދާފައިއެވެ.

 

View this post on Instagram

 

A post shared by Aamna Imran ? (@aamna_imrann)

އައިޝްވާރިޔާ ވަނީ 1994 ވަނަ އަހަރުގެ މިސްވޯލްޑް ތާޖު އަޅާފައެވެ. މި ކާމިޔާބާއި އެކު އައިޝްވާރިޔާ ބޮލީވުޑް އަށް ނުކުމެފައިވަނީ 1997 ވަނަ އަހަރު ސައުތު ފިލްމް "އިރުވަރު" އިން ނެވެ. ހަަމަ އެ އަހަރު އައިޝްވާރިޔާ ވަނީ ބޮލީވުޑްގެ ފިލްމު "އޯރް ޕިޔާރް ހޯގަޔާ" އިން ވެސް ފެނިގެން ގޮސްފައިއެވެ.

2007 ވަނަ އަހަރު މަޝްހޫރު ފިލްމީ ތަރި އަބީޝެކް ބަޗަން އާ ކައިވެނި ކުރުމަށްފަހު އައިޝްވާރިޔާ ބޮޑު ސްކްރީނުން ފެނިގެން ދިޔަލެއް ވަނީ މަދުވެފަ އެވެ. އަދި ހަމަ އެހެންމެ މި ދެތަރިންނަށް ވަނީ 2011 ވަނަ އަހަރު އަންހެން ކުއަޖަކުވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.