ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް އިތުރު ފަރާތްތަކަށް ލައިސަސްން ދިއުން މަރުކަޒީ ބޭންކު (އެމްއެމްއޭޭ)އިން ހުއްޓާލައިފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ އާބާދީއާ އަޅާ ބަލާއިރު، ގިނަ އަދަދެއްގެ ވިޔަފާރި ތަކަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އެ އޮތޯރިޓީން ދޫކޮށްފައއިވާކަމަ ށެވެ. އެހެންކަމުން ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އެމްއެމްއޭ އިން ބުނެއެވެ. ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކުގެ ލިސްޓް އެމްއެމްއޭއިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިޢުކޮށްފަ އެވެ. އެއޮތޯރިޓީގެ ބަޔާނުގައި މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.
ކޯވިޑް-19އާއި ގުޅިގެން ބޭރު ފައިސާ ލިބުން ދަތިވެ ޑޮލަރުގެ އަގު ވަނީ މައްޗަށް ޖެހިލާފައެވެ. އެގޮތުން ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުގައިވެސް އެމްއެމްއިން ކަނޑައަޅާފައިވާ 15.42 ރުފިޔާއަށްވުރެ މައްޗަށް ބޭރު ފައިސާގެ މުއާމަލާތްކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ