މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

Author
ޢަލީ އާދަމް
28 ފެބްރުއަރީ 2021 11:40
0

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު، ލިޓަރެއް 9 ރުފިޔާއަށް ބޮޑުކޮށްފި އެވެ.

އެ ކުންފުނިން މި ބަދަލު ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. މިމަހުގެ 22 އާއި ހަމައަށް މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކީ 8 ރުފިޔާ 50 ލާރިއަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ލިޓަރަކުން 50 ލާރި ބޮޑުކޮށްފައި މިވަނީ އާންމުކޮށް އެކުންފުނިން މަސްވެރިންނަށް މައުލޫމާތު ހިއްސާކުރާ އުސޫލުން އެ މައުލޫމާތު ހިއްސާ ނުކޮށް ކަމަށް ބައެއް މަސްވެރިން ބުނެއެވެ.

"މީގެ ކުރިން އަގަށް ބަދަލެއް އަތުވެއްޖެ ނަމަ މިފްކޯގެ އެކި ގްރޫޕްތަކުން އަނގާ. މިފަހަރު ބަދަލު ގެނައި އިރު އެއްވެސް ގްރޫޕެއްގައި އެވާހަކަ ބުނެލާފަވެސް ނެތް" – މަސްވެރިއެއް

މިހާރަކަށް އައިސް މިފްކޯއަށްވުރެ އަގު ހެޔޮކޮށް އެހެން ރަށްރަށުން މަސްވެރިންނަށް ތެޔޮ ލިބޭކަމަށް ބުނެ މަސްވެރިންގެ ފާޑުކިޔުން މިފްކޯއަށް ވަނީ އަމާޒުވެފައެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުންޏަކީ އެސްޓީއޯއަށް ވާއިރު، އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ އާންމު ފަރުދުން ވިއްކާ ތެލަށް ވުރެ އަގު ބޮޑުވުމަކީ ކަންބޮޑުވާކަމެއް ކަމަށް މަސްވެރިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.