މީރާގެ ކްރަޝްއަކީ ޝާހިދެއް ނޫން!

މީރާގެ ކްރަޝްއަކީ ޝާހިދެއް ނޫން!

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2021 06:57
0

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕުތްގެ "ކްރަޝް"އަކީ ކާކުކަން އެނގޭ ހެއްޔެވެ؟ ހަމަ ގައިމުގެސް އެއީ ޝާހިދް ކަޕޫރު އެއް ނޫނެވެ. މީރާވަނީ އިންސްޓްގްރާމުގައި ކުރިއަށް ދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި އެއީ ކާކުކަން އޭނާގެ ފޭނުންނާ ހިއްސާކޮށްފަ އެވެ.

"އާސްކް މީ އެނީތިންގް" ސެޝަނެއްގައި ވާހަކަ ދައކަމުން މީރާ ބުނެފައިވަނީ އޭނާގެ "ކްރަޝް"އަކީ ސައުތު އެފްރިކާގެ ކްރިކެޓު ކުޅުންތެރިއެއް ކަމުގައިވާ "އޭބީ ޑި ވިލިއަރސް" އެވެ.

މި ވީޑިއޯގައި ވާހަކަ ދައްކަމުން މީރާ ބުނެފައިވަނީ " އައި ޖަސްޓް ލަވް ހިމް" މިހެންނެވެ. މީގެ އިތުރުން އޭނާ ވަނީ "އޭބީ ޑި ވިލިއަރސް"ގެ ސްޓިކާއެއް މި ވީޑިއޯގެ ކަނަކަށް ލާފައެވެ.

މިސެޝަންގައި މީރާ އެންމެ ގަޔާވާ ނެޓްފްލިކްސް ޝޯވއަކީ ކޮބައިތޯއޭވެސް ސުވާލުކޮށްފައިވެ އެވެ. މި ސުވާލަސް ޖަވާބު ދެމުން މީރާ ބުނެފައިވަނީ އެމީގެ އެވޯޑު ވިނިންގ ޝޯވއެއް ކަމުގައިވާ "ޝިޓްސް ކްރީކް"އެވެ.

ނޯ ފިލްޓާގައި ވާހަކަ ދައްކަމުން ޝާހިދު ބުނެފައިވަނީ އޭނާއާއި މީރާގެ ވިސްނުން ވަރަށް ތަފާތު ކަމަށެވެ. އަދި އެ ދެމީހުންނަށް ކޮންމެ މައުޟޫއަކަށްވެސް ބަހުސް ކުރެވިދާނެ ކަމަށްވެސް ޝާހިދުވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.