ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް

ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް

ގުޅުންހުރި

ނޭޝަންސްލީގުގައި ސްވިޑަން ބަލިކޮށް މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގައި ޕޯޗުގަލްގެ ޑިއެގޯ ގޯޓާ ދެލަނޑު ކާމިޔާބު ކުރި އިރު ޕޯޗުގަލްގެ ދެން ލަނޑު ކާމިޔާބުކޮށް ދިނީ ބާނެޑޯ ސިލްވާއެވެ.

މި ގުރޫޕްގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާއި ކޮރޭޝިޔާ ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބު ކުރީ ފްރާންސް އެވެ. ފްރާންސްގެ އެންޓޮނީ ގްރީޒްމަން 8 ވަނަމިނުޓުގައި ލަނޑެއް ޖަހައި ކުރި ހޯދައިފަވަނިކޮށް ކޮރްއޭޝީޔާ އިން ވަނީ މެޗުގެ ދެވަނަ ހާފްގައި ލަނޑެއް ކާމިޔާބުކޮށް ނަތިޖާ ހަމަހަމަކޮއްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ނިކޮލާ ވެލްސިޗްއެވެ. ފްރާންސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗުގެ 79 މިނިޓުގައި ކައިލަން އެމްބާޕޭއެވެ. މިއީ އެމްބާޕޭ ފްރާންސްގެ ގައުމީޓީމަށް ކާމިޔާބުކޮއްދިން 16 ވަނަ ލަނޑެވެ.

މިފަހަރު ލީގުގައި އަދި ފްރާންސް ބަލިވެފައެއް ނުވޭ. މި ނަތީޖާއެކު ޕޯޗުގަލް އާއި ފްރާންސް އަށް 10 ޕޮއިންޓް ލިބިފަވާއިރު ގުރޫޕްގެ އެއްވަނަ ޕޯޗުގަލްއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ކޮރޭޝިޔާ ތިންވަނަ ލިބެނީ ތިންޕޮއިންޓާއެކުއެވެ. މިހާތަނަށް ކުޅުނު ހަތަރަމެޗުން ވެސް ބަލިވެފައިވާ ސްވިޑަން ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ