ރާއްޖޭގެ ފުރަތަމަ ސަރފް ސިމިއުލޭޓަރ ރަންދެލި ރިސޯޓްގައި

ރާއްޖޭގެ ފުރަތަމަ ސަރފް ސިމިއުލޭޓަރ ރަންދެލި ރިސޯޓްގައި

Author
ޢަލީ އާދަމް
15 އޮކްޓޯބަރ 2020 07:00
0

އަރޓިފިޝަލް ރާޅެއްގައި ރާޅާއެޅުން ތަޖުރިބާ ކޮށްލުމަށް ރާއްޖޭގައި ބެހެއްޓި ފުރަތަމަ ސަރފް ސިމިއުލޭޓަރ ނ. އަތޮޅުގެ، ޝަވަލް ބްލަންކް ރަންދެލި ރިސޯޓުގައި ބަހައްޓައިފި އެވެ.

މޫސުން ގޯސްވެ މޫދުގައި ރާޅާއެޅުމަށް ދަތިވާ ހާލަތްތަކުގައި ވެސް މި ސަރފް ސިމިއުލޭޓަރގެ އެހީގައި، ރާޅާއެޅުން ތަޖުރިބާ ކޮށްލެވޭނެއެވެ. ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންނަށް ވެސް މީގެ އެހީގައި ރައްކާތެރި ކަމާއި އެކު ރާޅާއެޅުން ތަޖުރިބާ ކޮށްލެވޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސީޕްލޭންގައި ގާތްގަނޑަކަށް 40 މިނިޓުން ދެވޭ މި ރިސޯޓުން ފަތުރުވެރިން ހިތް ހަމަޖައްސައި ދިނުމަށް މޫދު ކުޅިވަރު ނުވަތަ ވޯޓަރ ސްޕޯޓްގެ ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރެއެވެ. އަލަށް ރާއްޖެއަށް މި ތަޢާރަފްކުރި ސަރފް ސިމިއުލޭޓަރ އަކީ މިއަށް އިތުރުވި ޝައުގުވެރި ހަރަކާތެކެވެ.

ޝަވަލް ބްލަންކް ރަންދެލި ފާހަގަ ކުރެވެނީ ރިސޯޓުގެ މުވައްޒަފުންނަށް އެންމެ ބޮޑު ސަރވިސް ޗަރޖެއް ދޭ ރާއްޖޭގެ ރިސޯޓުގެ ގޮތުގައެވެ. މީގެ އިތުރުން ކޯވިޑް-19 އާ ރާއްޖެއިން ކުރާ ހަނގުރާމައިގާވެސް ބޮޑެތި އެހީތަކެއް ވެދޭ ރިސޯޓެކެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑުތަކެއް ހޯދާފައިވާ މި ރިސޯޓަށް މިއަހަރު ވަނީ ފޯބްސް މަޖައްލާއިން ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެއް ކަމަށްވާ ފަސްތަރީގެ އެވޯޑު ވެސް ލިބިފައެވެ. އަދި މިދިޔަ އަހަރު ދުނިޔޭގެ އެންމެ ގަދަ 10 ރިސޯޓުގެ ދެވަނައިގައިވެސް އޮތީ ރަންދެލި ރިސޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.