ރުބީނާ އަދި އަބީނަވްގެ ފޭނުންނަށް އުފާވެރި ޚަބަރެއް!

ރުބީނާ އަދި އަބީނަވްގެ ފޭނުންނަށް އުފާވެރި ޚަބަރެއް!

Author
ފާތިމަތު ނާވީ
16 ފެބްރުއަރީ 2021 03:05
0

އަބީނަވް ޝުކްލާ އަދި އަންހެނުން ރޫބިނާ ދިލައިކްގެ ދެމެދުގައި ހުރިހާ ކަމެއްވެސް ރަނގަޅުކަމަށާއި ވަރި ނުވާކަމަށް އަބީނާވް ބުނެފިއެވެ.

ބިގް ބޮސް 14 އިން އެންމެ ފަހުން ވަކިވި ބައިވެރިއާ އަބީނާވް "ރުބީނަވް" ފޭނުންނަށް ދިން މިއީ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

ނޮވެމްބަރު މަހުގައި ބިގް ބޮސްގެ އެޕިސޯޑެއްގެ ތެރެއިން ރޫބިނާ ބުނެފައިވަނީ އެ ދެމީހުންވެސް ދެމީހުންނަށް އެކުގައި އުޅެން ނޮވެމްބަރާއި ހަމައަށް ވަނީ ވަގުތު ދީފައެވެ. އަދި މައްސަލަތައް ހައްލު ނުވިނަމަ މިހާރު އެދެމިހުން ތިބޭނީ ވަރިވެފައެވެ. އެހެންނަމަވެސް ބިގްބޮސް ޝޯގެ ސަބަބުން ދެމީހުން އިތުރަށް ގާތްވެފައި ވާކަމަށް ރުބީނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Abhinav Shukla (@ashukla09)


ޓައިމްސް އޮފް އިންޑިއާގައި ވާހަކަ ދައްކަމުން އަބީނަވް ބުނެފައިވަނީ މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށެވެ. އަދި ޝޯގެ ސަބަބުން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާކަމަށް ރޫބީނާވަނީ ބުނެފައެވެ.

ބިގްބޮސް ޝޯގައި ހޭދަވި ވަގުތުގައި، އެ ދެމީހުންގެ ދިރިއުޅުމުގައި ކުރުމަތިވެފައިވަނީ ވަރަށް ކުދި ކުދި ކަންތައްތައް ކަން އެގުނު ކަމަށްވެސް އަބީނަވް ވަނީ ބުނެފައެވެ. އަދި ގްރޭންޑް ފިނާލޭ އަށް ފަހު ރުބީނާ އައުމުން މި ކުދި ކުދި މައްސަލަތައް ހައްލު ކުރާނީ ކަމަށްވެސް އަބީނާވް ވަނީ ބުނެފައެވެ.

ބިގްބޮސް ޝޯގައި ވާހަކަ ދައްކަމުން ރުބީނާ ކުރިން ބުނެފައިވައިވަނީ އެދެމީހުން އުޅުނީ ވަރިވާން ކަމަށެވެ. އަދި ބިގްބޮސްގައި ބައިވެރި ނުވިނަމަ މިހާރު އެދެމީހުން ތިބޭނީ ވަކިވެފައިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މިހެން ރުބީނާއަށް ބުނެވުނު އިރު އޭނާއިނީ ރޮވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.