ބޮލީވުޑްގެ ފިލްމީ ތަރި އުރްމިލާ މަތޯޑްކަރް ވަނީ އޭނާ 47 އަހަރު ވިޔަސް އެކަމާ ފަޚުރުވެރިވާކަމަށް ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ އޭނާއަށް "އާންޓީ" އޭ ބުނާ މީހުންނަށް ދިން ރައްދެއްގެ ގޮތުގައެވެ. އަދި އޭނާ ބުނެފައިވަނީ މިހެން އޭނާއާއަ ދިމާލަށް ކިޔަސް ދެރަ ނުވާކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު 47 އަހަރު ފުރުނު އުރުމީލާ ބުނެފައިވަނީ ކޮންމެ އަހަރަކުވެސް މި އަދަދު އިތުރު ވަނީ ކަމަށް އޭނާ ނުވިސްނާކަމަށެވެ. އޭގެ ބަދަލުގައި ވޭތުވެ އަހަރުތަކުގައި ހިނގާފައިވާ ކޮންމެކަމަކި އެނާގެ ދިރިއުޅުމަށް އިތުރުވާ އުފާވެރި ކަމެއްކަމަށް ދެކޭކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރަށް އުރުމީލާ ބުނެފައިވަނީ އެނާގެ ހަޔާތުގައި ނިމިފައިވާ ހުރިހާ ކަމަކާ އޭނާ ޝުކުރުވެރިވާކަމަށެވެ. އޭނާގެ އުފަންދުވަހުގައި އޭނާވަނީ ފޭސްބުކް އަދި އިންސްޓަގްރާމުގައި އޭނާގެ ސަޕޯޓަރުންނަށް ލައިވް ސެޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ.
އުރުމީލާ ވަނީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފިލްމީ ދާއިރާއަށް ނުކުމެފައެވެ. މިކަމުގެ ސަބަބުން އޭނާއަށް މީގެކުރިން އުފަންދުވަސްތައް އެންމެ އެކަށޭނަހެން ފާހަގަނުކުރެވުނަސް މިހާރު އޭނާގެ ފޭނުން އޭނާގެ އުފަންދުވަސް ފާހަގަކުރާތީ ވަރަށް އުފާވާކަމަށް އުރްމިލާ ވަނީ ބުނެފައެވެ. އަދި އޭނާގެ އުފަންދުވަހު އޭނާގެ ލަވަތައް ޖަހައި ސަޕޯޓަރުންގެ މެދުގައި އޭނާއަށް އޮތް ލޯބި ފެނިގެންދާތީ ވަރަށް އުފާ ވާކަމަށް އުރުމިލާ ބުންޏެވެ.
ސިލްވަ ސްކްރީނާ ދުރަށްދިއުމަށްފަހު އުރުމީލާ ވަނީ ސިޔާސީ ކަންކަމުން ފެނިގެންގޮސްފަ އެވެ. އެންމެ ފަހުން އުރުމިލާ ފެނިގެން ދިޔަ 2018 ވަނަ އަހަރު ފިލްމް "ބްލެކްމެއިލް"ގެ ލަވައެއްގައި ހާއްސަ ފެނިލުމަކުންނެވެ.