ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން އެބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑްގައި ހިމެނިވަޑައިގަންވަނީ:
1. އާމިނަތު ޤާސިމް (ތަރި، ހދ. ކުޅުދުއްފުށި)
2. ޑޮކްޓަރ އާމިނަތު ނަޛީރު (މ. ކެލްވީނިއާ)
3. މުއުމިނާ ޢަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
4. ޙަސަން ޝުޖާޢު (ހަނީމޫން، ހދ. ކުޅުދުއްފުށި)
5. ޢަބްދުއްލަޠީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
6. އަޙްމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އާމިނަތު ޤާސިމެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިން ބޯޑް އެކުލަވާލައްވާފައިވާއިރު މިދިޔަ އަހަރކީ އެ ހޮސްޕިތަލްގެ ތާރީޚުގައި ކާމިޔާބު އަހަރެކެވެ. އެގޮތުން ލައްކައަކަށްވުރެ ގިނަމީހުން އެހޮސްޕިޓަލުން ޚިދުމަތް ހޯދާފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ބޮޑުތަން އިތުރު އަދަދެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި މިދިޔަ އަހަރު އެހޮސްޕިޓަލުން 101،362 މީހުން ޚިދުމަތް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. މީގެ ތެރެއިން 51،382 މީހުން ނިސްބަތްވަނީ ކުޅުދުއްފުއްޓަށެވެ. ހދ އަތޮޅުގެ އަނެއް 12 ރަށަށް ނިސްބަތްވާ 23،155 މީހުން އެހޮސްޕިޓަލުން މިދިޔަ އަހަރު ޚިދުމަތް ހޯދާފައިވެއެވެ.
މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ އެ ހޮސްޕިޓަލުގެ ތަރައްގީއަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވިއެވެ. އެގޮތުން ރައީސް އިބުރާހިމް މުހައްމަދު ޞާލިހްގެ އިސްނެންގެވުމުގެ މަތިން އަލަށް ގިނަ ޚިދުމަތްތަކެއް ފަށައި ޑޮކްޓަރުންގެ އަދަދު އިތުރުކުރެވިގެންދިޔަ ކަމަށް މެނޭޖަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ވަސީލަތްތައްވެސް އިތުރުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ