ވެކްސިން ފޯރުކޮށްދިނުމުން މައުމޫންގެ ޝުކުރު މޯދީއަށާއި، އިންޑިއާ ރައްޔިތުންނަށް

ވެކްސިން ފޯރުކޮށްދިނުމުން މައުމޫންގެ ޝުކުރު މޯދީއަށާއި، އިންޑިއާ ރައްޔިތުންނަށް

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2021 05:12
0

އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުން ރަމްޒުކޮށްދެނީ ދެޤައުމުގެ ގާތް ގުޅުންކަންކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާ ސަރުކާރުން މއަދު ރާއްޖެއަށް ވަނީ 100،000 ޑޮޒް ވެކްސިން ހަދިޔާކޮށްފައެވެ. ރާއްޖެއަށް މިއަދު ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ހިލޭ ފޯރުކޮށްދިން އެހީއެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިކަމާއި ގުޅިގެން މިސަރުކާރުގެ ކޯލިޝަންގެ ބައިވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްައްޔޫމް ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ބޮޑޫވަޒީރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ވިދާޅުވީ، މިއީ މިފަދަ ބަލިމަޑުކަމުގެ ޙާލަތުގައި އިންޑިއާއިން ރާއްޖެއާއި އެކު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭކަމެއްކަމަށެވެ.

މިއަދު މެންދުރު ޤައުމާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މި ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއްކަމަށެވެ. އެކަމަށްޓަކައި އިންޑިއާގެ ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު ދަންނަވާފައެވެ.

ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖެއަށް އިތުރަށް ބޭނުންވާ ވެކްސިންވެސް ލިބޭނެ މަގުތައްވެސް މިހާރު ފަހިވެފައި ވާކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.