ކޯވިޑް-19އާއި ދެކޮޅަށް އިންޑިއާއި އުފައްދާފައިވާ ވެކްސިން މާދަމާ ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޤައުމުން ރާއްޖެ ގެނައުމަށް ނިންމާފައިވަނީ، ސިރަމް އިންސްޓިޓިއުޓް އިން އުފެއްދި އޮކްސްފޯޑްގެ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މާދަމާ ރައްޖެއަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދޭއިރު، ރާއްޖެ ވެފައިވަނީ އިންޑިއާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ޤައުމުކަަމަށްވެސް އިންޑިއާގސަރުކާރުގެ އޮފިޝަލަކާއި ހަވާލާދެއްވާ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. އެޤައުމުން ފޮނުވާ ވެކްސިން ރާއްޖޭގައި ދިނުމަށް ނިންމާފައިވަނީ ފްރޮންޓްލައިންގައި ހަރަކަތްތެރިވާ މީހުންނަށާއި، ޢުމުރުން ދުވަސްވީ މީހުންނަށްކަމަށްވެސް ބުނެފައިވެއެވެ.
ކޯވިޑް-19ގެ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދޭނަން: އިންޑިއާ
މި ވެކްސިން ދިނުމަށް ދިވެހި ސަރުކާރުގެ އެޕްރޫވަލް ލިބިފައިވާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާއި މެދު އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގައި ދަނީ ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދެމުންނެވެ. އެއެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުންދަނީ އެގައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ. އެވެކްސިން މީހުންނަށް ދޭން އިންޑިއާގެ ކަމާއިބެހޭ އިދާރާއިން ހުއްދަދީފައި ވީނަމަވެސް ވެކްސިންގެ ތިންވަނަ މަރްހަލާގެ އަޖުމަބެލުންތަކެއް އަދި ނުނިމެއެވެ. އެހެންނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވިޑުން ރައްކާތެރިކޮށްދެވޭވަރަށް ބާރަތު ވެކްސިނުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަމަށާއި ސީރިއަސް ސައިޑްއިފެކްޓެއް ކުރިމަތިނުވާނަކަށެވެ.
ކޮމެންޓު ފޮނުވާ