އެންޑީއޭގެ ސީއީއޯއަކަށް ހަބީބް

އެންޑީއޭގެ ސީއީއޯއަކަށް ހަބީބް

Author
ޢަލީ އާދަމް
19 ޖެނުއަރީ 2021 03:57
0

ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭގެ ސީއީއޯކަމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށް ގެންދާ އެންޑީއޭގެ ސީއީއޯކަމަށް މުޙައްމަދު ހަބީބް އައްޔަންކުރައްވާފައި ވަނީ އިއްޔެއެވެ.

ހަބީބަކީ އިންޓަރނޭޝަނަލް ކޮލެޖް އޮފް ބިޒްނަސް އެންޑް ޓެކްނޮލިޖީން މާސްޓަރސް ޑިގްރީ ހާސިކުރައްވާފައި ވާ ބޭފުޅެކެވެ. މީގެ އިތުރުން ހަބީބަކީ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އެގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި، ދިރާގު ފަދަ ތަންތަނުގެ އިސް މަގާމުތަކުގައި ހަބީބް މަސައްކަތް ކުރައްވާފައި ވެއެވެ.

އެންޑީއޭގެ ސީއީއޯކަމުގެ މަގާމުގައި ކުރިން ހުންނެވީ ހަސަން ޝަހީލެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެކިއެކި އިންޒާރުތައް ލިބެމުން ދާކަމަށް ވިދާޅުވެއެވެ. މިހާތަނަށް އެ އިދާރާ ހިންގަވަމުން ގެންދެވީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އެންޑީއޭގެ އުފައްދަވާފައިވަނީ މީގެ ނުވަ އަހަރުކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.