މިދިޔަ އަހަރު ރާއްޖޭގައި 8،476 ވިޔަފާރި އަލަށް ރަޖިސްޓްރީކުރެވިފައިވެއެވެ. މިއީ އެއް އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ވިޔަފާރި ރަޖިސްޓްރީކުރެވުނު ފަހަރެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓް 4 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ޖުމުލަ އަދަދު 79،991 އަށް އަރާފައިވެއެވެ.
މި ވިޔަފާރިތަކުގެ ދެބައިކުޅަ އެއްބައިއަށްވުރެ ގިނައީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކެވެ. އެގޮތުން 44،285 ވިޔަފާރިއަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ކަމުގައިވާއިރު، 33،118 އަކީ ކުންފުނިތަކެވެ. އަދި 2،451 ޕާޓްނަރޝިޕާއި 137 ކޯޕަރޭޓިވް ސޮސައިޓީ ވެސް ރަޖިސްޓްރީކޮށްފައިވެއެވެ.
ވިޔަފާރިވެރިކަން އާލާކޮށް، ދިވެހި ވިޔަފާރިތަކަށް ކުރިއަރާނެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ