އެލްޖީއޭ ބޯޑު ވޯޓު ދޫކޮށް ބޭރަށް ދިޔަ ހަނިމާދޫ ދެ ކައުންސިލަރަކަށް އެމްޑީޕީން ފިޔަވަޅު އަޅައިފި

އެލްޖީއޭ ބޯޑު ވޯޓު ދޫކޮށް ބޭރަށް ދިޔަ ހަނިމާދޫ ދެ ކައުންސިލަރަކަށް އެމްޑީޕީން ފިޔަވަޅު އަޅައިފި

Author
އަހުމަދު
18 ނޮވެމްބަރ 2026 12:37
0

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެމްބަރުން ހޮވުމަށް ބޭއްވި ވޯޓުގައި ބައިވެރިނުވި ހދ. ހަނިމާދޫ ކައުންސިލުގެ ދެ ކައުންސިލަރެއްގެ މައްޗަށް އެމްޑީޕީން ފިޔަވަޅު އަޅައިފި އެވެ.

ފިޔަވަޅު އަޅާފައި ވަނީ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ފިރާގާއި ކައުންސިލް މެމްބަރު އަހުމަދު އަނާންގެ މައްޗަށެވެ. ދެ ކައުންސިލަރުންނަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަޤާމަކަށް ކުރިމަތިލުމާއި، ޕާޓީގެ ނަމުގައި ގައުމީ އިންތިޚާބީ މަޤާމަކަށް ކުރިމަތިލުން މަނާކޮށްފި އެވެ.

ޕާޓީގެ ސެކްރެޓޭރިއޭޓުން ހުށަހެޅި މައްސަލަ ބެލި ފިޔަވަޅުއަޅާ ކޮމެޓީން ފާހަގަކުރީ، ވޯޓުލާން އޮތް ދުވަހު ހާއްސަ ހާލަތެއް ނުވަތަ އިމަޖެންސީއެއް ނެތި ދެ ކައުންސިލަރުން ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ. ވޯޓުގައި ބައިވެރިވުމަށް ޕާޓީން އަންގައި، ވޯޓުނުލައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގާފައި އޮއްވާ ދެމީހުން ޓިކެޓު ނަގާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އަމަލަކީ ޕާޓީގެ މަޞްލަޙަތާ ޚިލާފު، ޣައިރު ޒިންމާދާރު އަމަލެއް ކަމަށާއި، ޕާޓީގެ އަސާސީ ޤަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާއި (ބ) އާ ޚިލާފު ކަމެއް ކަމަށް ކޮމެޓީއަށް ސާބިތުވި ކަމަށް އެމްޑީޕީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.