އަންނަ އަހަރު ސްމާޓް އައިޑީކާޑެއް: ފައިސާ ދެއްކުމާއި ދަތުރުފަތުރަށް ވެސް ބޭނުންކުރެވޭނެ

އަންނަ އަހަރު ސްމާޓް އައިޑީކާޑެއް: ފައިސާ ދެއްކުމާއި ދަތުރުފަތުރަށް ވެސް ބޭނުންކުރެވޭނެ

Author
އަހުމަދު
18 ނޮވެމްބަރ 2026 12:18
0

ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ހޯދުމުގައި ބޭނުންކުރެވޭނެ ސްމާޓް ފެސިލިޓީތަކާއެކު އާ އައިޑީކާޑެއް އަންނަ އަހަރު ތައާރަފުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އާ ކާޑަކީ ހަމައެކަނި ޕްލާސްޓިކް ކާޑެއް ނޫން ކަމަށެވެ. ޕަބްލިކް ސެކްޓަރުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމާއި ޕަބްލިކް ޓްރާންސްޕޯޓް ފަދަ ގިނަ ކަންކަމަށް އެ ކާޑު ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ މުއްދަތުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އައިޑީކާޑުގެ ހިދުމަތް ލާމަރުކަޒުކޮށްފައިވާތީ، މިހާރު ހުރިހާ އަތޮޅެއްގައި ކާޑު ޕްރިންޓްކޮށް ދޫކުރެވެއެވެ. ހުޅުމާލެ ފޭސް 1 އާއި 2 އަދި ވިލިމާލޭގައި ގޮފިތައް ހުޅުވާފައިވާއިރު، މެލޭޝިއާއާއި ސްރީލަންކާގައި ވެސް މި ހިދުމަތް ލިބެއެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅައި ފައިސާ ދެއްކޭނެ "ނާރެސް" ޕޯޓަލް ވެސް ތައާރަފުކޮށްފައިވެއެވެ. އަދި ކައުންސިލްތަކަށް 200 އަށްވުރެ ގިނަ ބަޔޯމެޓްރިކް ފިންގަރޕްރިންޓް ސްކޭނަރު ފޯރުކޮށްދީ، 20 ދާއިމީ ސިވިލް ރަޖިސްޓްރާރުން އައްޔަނުކޮށްފައިވެއެވެ. ސްމާޓް އައިޑީކާޑު ނިޒާމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0″ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.