މާލޭ މަގުމަތީގައި ނިވާކަން ކުޑަކޮށް ހުރި ފިރިހެނަކު 15 ދުވަހަށް ބަންދުކޮށްފި

މާލޭ މަގުމަތީގައި ނިވާކަން ކުޑަކޮށް ހުރި ފިރިހެނަކު 15 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
18 ނޮވެމްބަރ 2026 12:09
0

 

މާލޭގެ މަގުމަތީގައި ނިވާކަން ކުޑަ ގޮތަކަށް ހުރެ، އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނ. ވެލިދޫ ފިރިހެނަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

ހައްޔަރުކުރެވިފައިވަނީ ނ. ވެލިދޫ، މިރިހިމާގެ، 41 އަހަރުގެ ހާމިދު އަބްދުﷲއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހު، ބޮޑުތަކުރުފާނު މަގުގައި މަސްވެރީންގެ ޕާކާ ދިމާލުންނެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މާލޭގެ ތަފާތު ސަރަހައްދުތަކުގައި ނިވާކަން ކުޑަ ގޮތަށް ހެދުން ލައިގެން ހުރެ، އާންމު މަސްލަހަތަށް ގެއްލުން ދޭ ފަދަ އަމަލުތައް ހިންގި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. އޭނާއަކީ ގިނަ ކުށުގެ ރެކޯޑުތަކެއް އޮތް މީހެއް ކަމަށާއި، އޭނާގެ ނަފްސާނީ ހާލަތާ ގުޅޭ ރިޕޯޓުތައް ވެސް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަން ވެސް ފާހަގަކުރެވިފައިވެއެވެ.

ކޯޓު އަމުރާ އެއްގޮތަށް، ބަންދުގެ މުއްދަތު އޭނާ ހޭދަކުރާނީ ކަސްޓޯޑިއަލް ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.