ޕޯސްޓް އޮފީސް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2،123 ގްރާމްގެ ސިންތެޓިކް ކެތިނޯން، ދިވެހި ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ދީފައިވާ މައުލޫމާތާ އެއްގޮތަށް، މި ތަކެތި ފެނިފައިވަނީ މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އައި ޕެކޭޖެއް ބަލައިފާސްކުރަމުން ދިޔައިރުގައެވެ. އެ ޕެކޭޖުގައި މަސްތުވާތަކެތި ފޮރުވާފައިވާ ކަމަށް އޮފިސަރުންނަށް ޝައްކުކުރެވުމުން، އިތުރަށް ބެލިއިރު ސިންތެޓިކް ކެތިނޯން ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ