ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

Author
އަހުމަދު
06 އޮކްޓޯބަރ 2026 12:46
0

 

އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގީ ނޯތު ޕޮލިސްގެ ދާއިރާގައި ހިމެނޭ ރަށެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވެނީ ކުއްޖާގެ ޢާއިލާގެ މީހަކަށް ކަމަށްވިއަސް، މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ހާމަވާ ފަދަ މަޢުލޫމާތު ފެތުރުމަކީ ޤާނޫނުން މަނާކުރެވިފައިވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.