ސިނަމާލެ ބްރިޖަކީ ދިވެހީންނާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމުގެ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖަކީ ދިވެހީންނާއި ޗައިނާ ގުޅުވައިދޭ އެއްބައިވަންތަކަމުގެ ރަމްޒެއް: ރައީސް

Author
އަހުމަދު
30 އޮގަސްޓް 2026 09:25
0

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ބިނާކުރި ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގަދަފަދަ ރަހުމަތްތެރިކަމާއި އިތުބާރުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖު ހުޅުވިތާ އަށް އަހަރު ފުރުމާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިލަދިން މި ބްރިޖަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދެމެހެއްޓެނިވި ގުޅުމުގެ ދިރިހުރި ހެއްކެއް ކަމަށެވެ.

"ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕްގެ ދަށުން، ދެ ގައުމުގެ ގުޅުން ދަނީ އިތުރަށް ވަރުގަދަވެ، އާ އުސްމިންތަކަކަށް ވާސިލްވަމުން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއާއެކު އޮތް ދާއިމީ އެކުވެރިކަން ދެމެހެއްޓުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ފެއްޓެވި މަޝްރޫއެކެވެ. ތިން އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ނިންމައި، ބްރިޖު ރަސްމީކޮށް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ. މި ބްރިޖުގެ ސަބަބުން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.